އައްޑޫ ފްލައިން ސްކޫލުން ދަރިވަރުންތަކެއް ވަކިކުރާތީ މިނިސްޓަރުގެ އިންޒާރު!

އައްޑޫ ސިޓީގައި ހިންގާ ފްލައިން ސްކޫލުގެ 15 ދަރިވަރަކު ވަކި ކުރަން ނޯޓިސް ދިން މައްސަލައިގަ ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ ހިތްހަމަނުޖެހުން ފާޅު ކުރައްވައި އިންޒާރު ދެއްވައިފި އެވެ. އޭޝިއަން ...

29 Nov 2020 | 15:13

އައްޑޫ ސިޓީގައި ހިންގާ ފްލައިން ސްކޫލުގެ 15 ދަރިވަރަކު ވަކި ކުރަން ނޯޓިސް ދިން މައްސަލައިގަ ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ ހިތްހަމަނުޖެހުން ފާޅު ކުރައްވައި އިންޒާރު ދެއްވައިފި އެވެ.

އޭޝިއަން އެކަޑަމީ އޮފް އެއޮރޮނޯޓިކްސް (އޭއޭއޭ) އިން ހިންގާ ފްލައިން ސްކޫލުން ވަކި ކުރަން ނިންމައި ނޯޓިސްދިން ދަރިވަރުންގެ ތެރޭގައި ކޯހުގެ އެންމެ ފަހުގެ މަރުހަލާ ފުރިހަމަ ކުރަމުންދާ ދަރިވަރުން ހިމެނެ އެވެ.

މިނިސްޓަރު ނަހުލާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ފްލައިން ސްކޫލްގައި ކިޔަވާ ދަރިވަރުންނާ މެދު އަމަލުކުރަމުން ދަނީ ބޭއިންސާފުން ކަމަށާއި އެކަން ކުށްވެރި ކުރައްވާ ކަމަށެވެ. މައްސަލަތައް ހައްލުކުރަން މަސައްކަތް ކުރަމުން ދަނިކޮށް، އެ ދަރިވަރުންނާ މެދު ބޭއިންސާފުން އަމަލު ކޮށްފައިވާތީ އަޅަން ޖެހޭ ފިޔަވަޅު އަޅާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

https://twitter.com/aishath_nahula/status/1333031810826076160

ފްލައިން ސްކޫލުގެ މެނޭޖްމެންޓާއި ދަރިވަރުންނާއި މެދު ހިތްހަމަނުޖެހުން އުފެދުނީ މެނޭޖްމެންޓުގެ ދޯދިޔާކަމުގެ ވާހަކަ ދަރިވަރުން މީޑިއާގައި ހާމަކޮށް ސިވިލް އޭވިއޭޝަން މިނިސްޓްރީއަށް އެކަން ހުށަހެޅުމުންނެވެ. އެ ދަރިވަރުން ކުރިން ބުނެފައިވަނީ ކުދިން ގިނަ ވުމާއި އިދާރީ އިންތިޒާމްތަކުގެ ދޯދިޔާ ކަމުން ކަނޑައަޅާފައިވާ މުއްދަތައް ކޯސް ނުނިމި ދަރިވަރުންނަށް ލިބިފައިވާ ސްޓޫޑެންޓު ލޯނު ހުސްވެ އައްޑޫ ސިޓީގައި ތިބުމުގެ ދަތިކަމާއި ކުރިމަތިލާން ޖެހޭނެ ކަމަށެވެ.

ދަރިވަރުންގެ ކިޔެވުމަށް ހުރަސްއެޅޭ އެތައް ކަމެއް ފްލައިން ސްކޫލުން ހިންގާ ކަމަށް ސިވިލް އޭވިއޭޝަނުން ކުރި އޮޑިޓަށް ފަހު ވެސް ބުނެފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް