ވަގަށް ނަގާފައިވާ ތަކެތި ވިއްކުން އިތުރުވަމުންދާކަން ފާހަގަކުރެވޭ ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ބުނެފި އެވެ.
ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމެންޓުގެ ހެޑު، ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ޢަލީ ފާއިޒު ވިދާޅުވީ އެފަދަ ތަކެތި ނުއަގުގައި ގަންނަ ފަރާތްތަކެއް ވެސް އުޅޭ ކަމަށެވެ.
އެހެންކަމުން އެ އެއްޗެއްގެ ހަމައަގު ފިޔަވައި އެހެން އަގެއް ހިފައިގެން ގޮތް ނޭނގޭ މީހަކު ބާޒާރު މަތީގައާއި އޮޑިދޯނި ފަހަރަށް އަރައި، މިފަދަ ކަންކަން ކުރާނަމަ، އެތަކެތި ގަތުމުގެ ބަދަލުގައި ފުހުންނަށް ހުށަހެޅުމަށް އޭނާ ވަނީ އެދިވަޑައިގެންފަ އެވެ.
އޭނާ ވިދާޅުވީ އޮޑިދޯނިފަހަރުގައި ބިދޭސީން ވެސް އުޅޭ ކަމަށާއި އެމީހުންވެސް މިފަދަ ތަކެތި ނުއަގުގައި ގަނެގެން އެހެން ރަށްރަށަށްވެސް ވިއްކަމުންދާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.
"ސައިކަލު ފަދަ އެއްގަމު އުޅަނދުގައި ޑިސްކު ތަޅެއް ނަމަވެސް ލާފައި ބެހެއްޓުމަކީ ވަރަށް މުހިންމު ކަމެއް. ވަރަށް ގިނަ ޢަދަދަކަށް ސައިކަލު ގެއްލިގެން ހުށަހަޅާ. އެފަދަ މައްސަލަތައް ހުށަހަޅާ އިރު، ސައިކަލު ޒޯނުގައި ބަހައްޓާފައިހުންނަތާ ގިނަ ދުވަސްތަކެއް ވާނީ ވެފަ. އަދި މާލެއިން ބޭރަށް ދާ އިރު، އެއްވެސް މީހަކަށް އެ ސައިކަލު ހަވާލުކޮށްފައި ވެސް ނުހުރޭ." އަލީ ފާއިޒު ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް