ފެންފުށީގައި ގެއްލިގެން ހޯދަމުންދިޔަ ކުއްޖާ މޫދުގައި މަރުވެފައި އޮއްވާ ފެނިއްޖެ

އދ. ފެންފުށީގައި ގެއްލިގެން ހޯދަމުންދިޔަ ކުއްޖާ މޫދުގައި މަރުވެފައި އޮއްވާ ފެނިއްޖެ އެވެ. ފުލުހުން ބުނީ އެއީ އުމުރުން 4 އަހަރުގެ ފިރިހެން ކުއްޖެއް ކަަމަށެވެ. އަދި އެކުއްޖާ ގެއްލިގެން އުޅޭ ކަމުގެ މައުލ...

29 Nov 2020 | 12:47

އދ. ފެންފުށީގައި ގެއްލިގެން ހޯދަމުންދިޔަ ކުއްޖާ މޫދުގައި މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.

ފުލުހުން ބުނީ އެއީ އުމުރުން 4 އަހަރުގެ ފިރިހެން ކުއްޖެއް ކަަމަށެވެ. އަދި އެކުއްޖާ ގެއްލިގެން އުޅޭ ކަމުގެ މައުލުމާތު ލިބުނީ މިއަދު މެންދުރު 15:20 ހާއިރު ކަމަށެވެ.

ފެންފުށި ހެލްތު ސެންޓަރުން ޑޮކްޑަރުންނާ ހަވާލާދީ ފުލުހުން ބުނީ އެ ކުއްޖާ ހޯދަމުންދަނިކޮށް ފެނިފައިވަނީ މޫދުގައި އޮއްވާ ކަމަށެވެ. އަދި ހެލްތު ސެންޓަރަށް ކުއްޖާ ގެނައިރު ވެސް ނިޔާވެފައިވާ ކަމަށެވެ.

މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް