ަމަޖިލީހުގެ މި ދައުރުގެ ޖަލްސާތައް އަންނަ ހޯމަ ދުވަހަށް ދަންމާލައިފި

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދދައުރުގެ ޖަލްސާތައް ޑިސެމްބަރު ހަތެއްވާ ހޯމަ ދުވަހުގެ ނިޔަލަށް ދަންމާލަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ. މި ދައުރު ދަންމާލަން ނިންމީ އަންނަ އަހަރ...

29 Nov 2020 | 10:37

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދދައުރުގެ ޖަލްސާތައް ޑިސެމްބަރު ހަތެއްވާ ހޯމަ ދުވަހުގެ ނިޔަލަށް ދަންމާލަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

މި ދައުރު ދަންމާލަން ނިންމީ އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓުގެ މަސައްކަތް ނިންމުމަށެވެ. ދެން މި ދައުރުގައި ނިންމަން މަސައްކަތް ކުރަމުންދަނީ ފުލުހުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ މަސައްކަތެވެ.

މިއަދުގެ ޖަލްސާގައި ދައުރު ދަންމާލަށް ފާސް ކުރީ 48 މެމްބަރުންގެ ވޯޓާއި އެކުއެވެ. މި ހުށަހެޅުމާއި ދެކޮޅަށް އެއް މެމްބަރަކު ވޯޓު ދެއްވި އިރު ވަކި ގޮތަކަށް ވޯޓު ނުދެއްވާ އެއް މެމްބަރަކު އިންނެވި އެވެ.

މަޖިލީހުގެ ގަވައިދު ބުނާގޮތުން ޖަލްސާތައް އޮންނަނީ އަހަރަކު ތިން ދައުރަށް ބަހާލައިގެންނެވެ. މި ދައުރުގެ ޖަލްސާތަށް މިމަހުގެ ނިޔަލަށް ނިމޭނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް