ޑރ އިބްރާހިމް އުމަރު މަނިކަކީ ރާއްޖޭގެ އެތަށް ވިޔަފާރިއެއް ކޮޅަށްޖެއްސެވުމަށްޓަކައި މަސައްކަތްކޮށްދެއްވި ދުރުވިސްނޭ މަދަދުޤާރެއް ކަމުގައި ކޮކާ ކޯލާ ކުންފުނިން ބުނެފިއެވެ.
އެ ކުންފުނިން މިހެން ބުނެފައިވަނީ ޑރ. އިބްރާހިމް އުމަރު މަނިކު އަވަހާރަވުމާއި ގުޅިގެން ފޮނުވި ތައުޒިޔާގެ މެސެޖެއްގައެވެ.
ތައުޒިޔާގެ އެ މެސެޖުގައި އާއިލާއާއި ރައްޓެހިން ހިމެނޭ ގޮތަށް، ޑރ އިބްރާހިމް އުމަރު މަނިކު (1952 – 2020) އަވާހާރަވުމުގެ ހިތާމައިގައި ކޮކާކޯލާ ކުންފުނިން ބައިވެރިވާކަން ހާމަކޮށްފައިވެއެވެ.
"އެމަނިކުފާނަކީ ބައްޕައެއް، މޮޅު ޑޮކްޓަރެއް، ވިޔަފާރިވެރިއެއް އަދި ރާއްޖެއާއި ކޮކާކޯލާ ކުންފުޏްނަށް ކުރިއަރުން ގެނެސްދެއްވި މޮޅު އާރުކާޓީއެކެވެ." ކޮކާ ކޯލާގެ ތައުޒިޔާ މެސެޖުގައި ބުނެފައިވެއެވެ.
އެ ކުންފުނިން ޑރ އިބްރާހިމް އުމަރު މަނިކު ހަނދާންކުރަނީ އެމަނިކުފާނު އިސްނެންގެވި ކޮންމެ ކަމެއްގައި ކާމިޔާބީ ހޯއްދަވާ އަދި ދިވެހި މުޖުތަމައު ބިނާކުރެއްވި ތަންބެއްގެ ގޮތުގައި ކަމަށާއި އެމަނިކުފާނަކީ ރާއްޖޭގެ އެތަށް ވިޔަފާރިއެއް ކޮޅަށްޖެއްސެވުމަށްޓަކައި މަސައްކަތްކޮށްދެއްވި ދުރުވިސްނޭ މަދަދުޤާރެއް ގޮތުގައި ކަމުގައި ކޮކާކޯލާއިން ބުނެފައިވެއެވެ.
ތައުޒިޔާގެ އެ މެސެޖުގައި އިތުރަށް ބުނެފައިވަނީ އެމަނިކުފާނު އަވާހާރުވުމާއި ގުޅިގެން އާއިލާއަށް އިޚްލާސްތެރި ތަޢުޒިޒާއެއް ރައްދުކުރާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް