ފަލަސްތީނު ރައްޔިތުންނަށް އަމިއްލަ ވަޒަނުގައި އޮތް ހައްގުތަށް ބައިނަލްއަގުވާމީ މުޖުތަމައުއިން ބަލައިގެންނަން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ފަލަސްޠީން ރައްޔިތުންގެ މިނިވަންކަމާއި އިސްތިގުލާލު ކަށަވަރުކުރުމަށް ކުރަމުންދާ ޖިހާދުގެ ހައްގުގެ ދުވަހުގެ މުނާސަބަތުގައި ކުރެއްވި ޓްވީޓެއްގައެވެ.
ރައީސް ވިދާޅުވީ ރާއްޖެ އަބަދުވެސް ތާއީދު ކުރާނީ ފަލަސްތީނުގައި މިނިވަން ދައުލަތެއް އޮތުމަށް ކަމަށެވެ. އަދި ރާއްޖެ އަބަދުވެސް އޮންނާނީ ފަލަސްތީނާއި އެކު ކަމަށް ވިދާޅުވި އެވެ.
އެމަނިކުފާ އިތުރަށް ވިދާޅުވީ ފަލަސްތީން ރައްޔިތުންނަކީ އެމީހުންގެ އަމިއްލަ ވަޒަން ނުވަތަ ބިމުގައި ތަކުލީފު އުފުލަމުން ދާ ބައެއް ކަމަށެވެ.
https://twitter.com/ibusolih/status/1332942613566013441
ރާއްޖެއާއި ފަލަސްތީނާ ދެމެދު ސިޔާސީ ގުޅުން ގާއިމްކޮށްފައިވަނީ 1988 ވަނަ އަހަރުއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް