ސައިބޯނިލައިގެން މާ ގިނައިން ފެންވެރުމަކީ އަހަރެމެންގެ ހަށިގަނޑުގެ ދިފާއީ ނިޒާމް ބަލިކަށިވާ ކަމެއް ކަމަށް ދިރާސާއަކުންދައްކައިފިއެވެ.
މި ދިރާސާގައި ވާގޮތުން ސައިބޯނިލައިގެން މާ ގިނައިން ފެންވެރުމގެ ސަބަބުން، ހަށިގަނޑުގައި ހުންނަ "ގުޑް ބެކްޓީރިއާ" މަރުވެ ހަށިގަނޑުގެ ދިފާއީ ނިޒާމް ބަލިކަށިވެގެންދެއެވެ.
މި ދިރާސާ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ހަށިގަނޑުގައި ހުންނަ ހުރިހާ "ހަޑިއަކީ ނަޖިހެއް ނޫނެވެ. ހަށިގަނޑުގައި ބޭޑް ކޮލެސްޓްރޯލް އާއި ގުޑް ކޮލެސްޓްރޯލް ވެސް ހުންނަ ގޮތަށް ހަށިގަނޑަށް މުހިންމުވާ ބެކްޓްރީއާ އާއި މުހިންމު ނުވާ ބެކްޓީރިއާ ވެސް ހުރެ އެވެ. އެގޮތުން ހަށިގަނޑުގައި ހުންނަ ހުރިހާ ހަޑިއެއް ނުވަތަ ހުރިހާ ބެކްޓީރިއާ އަކީ ނުރައްކަލެއް ނޫނެވެ.
ހަމަ އެހެންމެ ހަށިގަނޑުގައިވާ ބެކްޓީރިއާގެ ތެރެއިން ބައެއް ބެކްޓީރިއާތަކަކީ ހަށިގަނޑުގެ ދިފާއީ ނިޒާމް ވަރުގަދަކުރުމުގަ އާއި ހަންގަނޑު ރީތިކޮށް ބެހެއްޓުމުގައި އަދި ހަޖަމުކުރުމުގެ ނިޒާމު އެންމެ ރަނގަޅު ގޮތުގައި ބޭއްވުމުގައި މުހިންމު ދައުރެއް އަދާކުރާ ނަޖިހެވެ.
މި ދިރާސާ ރިޕޯޓުގައި ސިއްޚީ މާހިރުން ލަފާދީފައިވާ ގޮތުގައި ދެ ވައްތަރެއްގެ ސައިބޯންޏެއް ހުރެއެވެ. އެއީ އެންޓި ބެކްޓީރިއަލް ލޭބަލް ޖަހާފައިވާ ސައިބޯންޏާއި ގުދުރަތީ މާއްދާތައް ބޭނުންކޮށްގެން އުފައްދާފައި ހުންނަ ސައިބޯންޏެވެ. މި ދެވައްތަރުގެ ސައިބޯނީގައި ވަރަށް ބޮޑު ތަފާތެއް ހުރެއެވެ. އެންޓި ބެކްޓީރިއަލް ސައިބޯންޏަކީ އޭގައި އެކި ފާޑުފާޑުގެ ކެމިކަލްސް ހިމެނޭ އުފެއްދުމެކެވެ.
އެހެންކަމުން މިބާވަތުގެ ސައިބޯނިލައިގެން ފެންވަރާ ކަމުގައި ވަނީ ނަމަ ސިއްޚީ ނުރައްކަލާ ކުރިމަތިވެއެވެ. އޭގެ ބަދަލުގައި އޯގޭނިކް އިގްރެޑިއެންޓުން ފައްކާކޮށްފައިވާ ސައިބޯންޏެއް ބޭނުން ކުރުން ރައްކާތެރިކަމަށް އެފަރާތުން ލަފާދެއެވެ.
އެހެން ނަމަވެސް ފެންވަރާއިރު ހަށިގަނޑުގައި ކޮންމެފަހަރަކު މާ ގިނައިން ސައިބޯނިލައި ސާފުކުރުމުގެ ބޭނުމެއް ނެތެވެ. ދިރާސާ ރިޕޯޓުގައިވާ ގޮތުން ގަވާއިދުން ސައިބޯނިލައިގެން ދޮންނަން ޖެހެނީ ހަމައެކަނި ދެ ކިހިލިފަތްދޮށާއި އުކުޅުވަޅު އެކަނިކަމަށާއި ހަށިގަނޑުގެ އެހެން ތަންތަނުގައި މާ ގިނައިން ސައިބޯނިލާނަމަ ދިފާއީނިޒާމަށް މުހިންމު ބެކްޓީރިއާތައް މަރާލާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް