އޭއެފްސީ ބްރެކެޓް ޗެލެންޖު ރާއްޖޭގެ ޢަލީ އަޗްފާގު (ދަގަނޑޭ) ކާމިޔާބުކޮށްފި އެވެ.
އޭއެފްސީ ކަޕުގައި ޖަހާފައިވާ ގޯލުތަކުގެ ތެރެއިން ފާހަގަކޮށްލެވޭ ސޯލޯ ގޯލުތައް ނެގުމަށްފަހު، ބެލުންތެރިންގެ ވޯޓާއެކު ކުރިއަށް ގެންދިޔަ މި ޗެލެންޖު ދަގަނޑޭ ކާމިޔާބު ކުރީ ފައިނަލު ބުރުގައި ހޮންގކޮންގ ގެ ޗަން ސިއު ކީއާ ވާދަކޮށްގެން ނެވެ.
އެގޮތުން ދަގަނޑޭ ފައިނަލް ކާމިޔާބު ކުރީ 89.14 ޕަސެންޓް ވޯޓުގެ ތަފާތަކުން ނެވެ.
ބްރެކެޓް ޗެލެންޖްގައި ހިމަނާފައިވާ ދަގަނޑޭގެ ގޯލަކީ 2013 ވަނަ އަހަރުގެ އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖުގައި ނިއު ރޭޑިއަންޓަށް ކުޅެ އިންޑޮނީޝިއާގެ ޕާސިބޯ ކޮޅަށް އޭނާ ޖެހި ގޯލެވެ.
ބްރެކެޓް ޗެލެންޖުގައި ދިވެހި ސަޕޯޓަރުންގެ ފަރާތުން ލިބުނު ސަޕޯޓަށް ދަގަނޑޭ ވަނީ މީގެކުރިން ޝުކުރު އަދާކޮށްފަ އެވެ.
ގައުމަށް ރީތި ނަން ހޯދައި ދިނުމަށް ލިބޭ ކޮންމެ ފުރުސަތެއްގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފުމަކީ ޤައުމީ ވާޖިބެއްގެ ގޮތުގައި އަބަދުވެސް ދެކޭނެ ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް