ފަތުރުވެރިކަން ކުރިއެރުވުމަށް މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރާ ވިއްކޭނެ ގޮތެއް ހޯދަންޖެހޭ: ޝަހީމް

ރާއްޖޭގައި ފަތުރުވެރިކަން އޮތް މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރާ ވިއްކޭނެ ގޮތެއް ހޯދައި އެކަން ކުރެވޭނެ މަގުފަހި ކުރަންޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ކަނޑިތީމު ދާއިރާގެ މެމްބަރު ޢަބްދުﷲ ޝަހީމް ...

29 Nov 2020 | 07:41

ރާއްޖޭގައި ފަތުރުވެރިކަން އޮތް މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރާ ވިއްކޭނެ ގޮތެއް ހޯދައި އެކަން ކުރެވޭނެ މަގުފަހި ކުރަންޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ކަނޑިތީމު ދާއިރާގެ މެމްބަރު ޢަބްދުﷲ ޝަހީމް ޢަބްދުލްޙަކީމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ކަނޑިތީމު ދާއިރާގެ މެމްބަރު ޢަބްދުﷲ ޝަހީމް ޢަބްދުލްޙަކީމް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިހާރު ކުރިއަށްދާ ބަޖެޓް ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ.

ކަނޑިތީމު ދާއިރާގެ މެމްބަރު ޢަބްދުﷲ ޝަހީމް ޢަބްދުލްޙަކީމް ވިދާޅުވީ ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގައި ޓުވަރިޒަމްވެސް މިއަދު ފުޅާކުރެވި ހިންގަމުންދާކަމަށާއި އަދި ފުރަތަމަ ޓުވަރިޒަމް ތަޢާރަފް ކުރަން އުޅުނުއިރު މީހުން ދެކުނީ އާންމުން ދިރިއުޅޭ ރަށްތަކުގައިން ޓުވަރިޒަމް ހުޅުވާލުމުން ރައްޔިތުން ކާފަރު ވެދާނެކަމަށެވެ. ނަމަވެސް މިއީ މުސްލިމު ޤައުމަކަށް ވުމުން އެކަން އެހެން ނުވާނެކަމަށް މެމްބަރު ޢަބްދުﷲ ޝަހީމް ޢަބްދުލްޙަކީމް ވިދާޅުވިއެވެ.

ޝަހީމް އިތުރަށް ވިދާޅުވީ ފަތުރުވެރިކަން ކުރިއެރުވުމަށް ރަށްރަށުގައި ރާވިއްކޭނެ ގޮތްތަކެއް ހޯދަން ޖެހޭކަމަށާއި އެކަން ކުރަންޖެހެނީ ރާއްޖޭގެ އާމްދަނީ އިތުރުކޮށް ޤައުމުގެ ކުރިއެރުމަށްޓަކައި ރާއްޖެއަށް ވަންނަ ފައިސާ އިތުރު ކުރުމަށްޓަކައި ކަމަށެވެ.

ކަނޑިތީމު ދާއިރާގެ މެމްބަރު ޢަބްދުﷲ ޝަހީމް ޢަބްދުލްޙަކީމްގެ އިތުރުން އެމްޑީޕީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެންބަރު ޙަސަން ޝިޔާން ވެސް ވަނީ މިފަދަ މޭރުމަކުން ވާހަކަދައްކަވާފައެވެ. އެގޮތުން މެންބަރު ޙަސަން ޝިޔާން ވިދާޅުވެފައިވަނީ މީހުން ދިރިއުޅޭ ރަށްރަށަަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ރާ ވިއްކޭނެ ގޮތް ހަދަން ޖެހޭ ކަމަށެވެ.

މިމޭރުމުން ވާހަކަދެއްކެވުމަށްފަހު މެމްބަރު ޙަސަން ޝިޔާން ވަނީ އޭނާ އެފަދަ ވާހަކަ ދެއްކެވީ އެއްވެސް ހާލެއްގައި މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރާ ވިއްކަން ހުއްދަ ކުރުމަށް ނޫންކަމަށް ވިދާޅުވެ އަދި އެވާހަތަކުން އާންމު ރައްޔިތުންނަށް ނުބައި މާނައެއް ނެގޭނަމަ ރައްޔިތުންގެ ކިބައިން މަޢާފަށް އެދޭކަމަށް ވެސްް ވިދާޅުވެފައެވެ.

ރާއްޖޭގެ އާންމުންް ދިރިއުޅޭ ރަށްރަށުގައި ބަނގުރާވިއްކުމާއި ގުޅޭގޮތުން މަޖިލިސް މެމްބަރުން ދައްކަވަމުން ގެންދަވާއިރު، ގިނަ އާންމު ރައްޔިތުން ގެންދަނީ މަޖިލިސް މެމްބަރުން ދައްކަމުން ގެންދަވާ މިފަދަ ވާހަކަތަކަށް ނުރުހުން ފައުޅު ކުރަމުންނެވެ.

ރާއްޖޭގެ އާންމު ރައްޔިތުންގެ އިތުރުން ރާއްޖޭގެ ދީނީ ޢިލްމުވެރިންވެސް އަންނަނީ މަޖިލިސް މެބްރަުންގެ މި ވާހަކަތަކަށް ވަރަށް ބޮޑަށް ދެކޮޅުހަދާ މިކަން ކުއްވެރިކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް