ރަޝިއާގެ އަޒުރު އެއާއިން ރާއްޖެއަށް އަލުން ދަތުރުތައް ފަށައިފި

ރަޝިއާގެ އެންމެ ބޮޑު އެއް އެއާލައިން ކަމަށްވާ އަޒުރު އެއާގެ ސީދާ ދަތުރުތައް ރާއްޖެއަށް ފަށައިފި އެވެ. އިއްޔެ އަލުން ފެށި އެ އެއާލައިންގެ ފުރަތަމަ ދަތުރުގައި ރަޝިއާގެ 500 ޓޫރިސްޓުން އައިސްފައިވެ އެވެ. ...

29 Nov 2020 | 07:09

ރަޝިއާގެ އެންމެ ބޮޑު އެއް އެއާލައިން ކަމަށްވާ އަޒުރު އެއާގެ ސީދާ ދަތުރުތައް ރާއްޖެއަށް ފަށައިފި އެވެ.

އިއްޔެ އަލުން ފެށި އެ އެއާލައިންގެ ފުރަތަމަ ދަތުރުގައި ރަޝިއާގެ 500 ޓޫރިސްޓުން އައިސްފައިވެ އެވެ. އެމްއޭސީއެލްއިން ބުނީ މިއީ އަލުން ބޯޑަރު ހުޅުވި ފަހު އެއް ފްލައިޓެއްގައި އެންމެ ގިނަ ޓޫރިސްޓުން އައި ދަތުރު ކަމަށެވެ.

އަޒުރު އެއާގެ ދަތުރުތައް އަލުން ފެށުމުން ވެލާނާ އިންޓަނޭޝަނަލް އެއަޕޯޓުގައި ވަނީ ރަސްމިއްޔާތެއްވެސް ބާއްވާފައި އެވެ.

ޗާޓާޑް ފްލައިޓުތަކަށް މަޝްހޫރު މި އެއާލައިނުން މި މަހުގެ 17 ވަނަ ދުވަހުން ފެށިގެން ވަނީ ރާއްޖެއަށް ޗާޓާޑް ދަތުރުތައް ފަށާފައި އެވެ. އަދި ހަފްތާއަކު އެއް ދުވަހު ޝެޑިއުލް ދަތުރު ކުރުމަށް ހަމަޖެހިފައިވެ އެވެ.

ބޯޑަރު އަލުން ހުޅުވި ފަހުން އެންމެ ގިނަ ޓޫރިސްޓުން ރާއްޖެ އަންނަ މުން ދަނީ ރަޝިއާއިންނެވެ. މިހާތަނަށް އެ ގައުމުން 14،000 އަށްވުރެ ގިނަ ޓޫރިސްޓުން ރާއްޖެ އައިސްފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް