ހެލްތް މިނިސްޓަރު އަހުމަދު ނަސީމް ތެލަސީމިއާ ކުދިންނާއި އެ ކުދިންގެ ބެލެނިވެރިންނާއި ބައްދަލު ކުރައްވައިފި އެވެ.
ހެލްތް މިނިސްޓްރީން ބުނީ މި ބައްދަލުވުމުގައި ތެލެސީމިއާ ކުދިންނަށް ދިމާވަމުންދާ ދަތިތަކާއި ގުޅޭ މައުލޫމާތު މިނިސްޓަރު އޮޅުންވިލުއްވި ކަމަށެވެ. އަދި އެ މައްސަލަތައް ހައްލު ކޮށްދިނުމުގައި އެހީތެރިކަން ބޭނުންވާ ގޮތްކަކާއި ގުޅޭގޮތުން މަޝްވަރާ ކުރެއްވި ކަމަށެވެ.
މި ބައްދަލުވުމުގައި ތެލެސީމިއާ ކުދިން ހުށަހެޅި ޝަކުވާތަކަށް ރިއާޔަތް ކުރައްވާ ވާހަކަ ދައްކަވަމުން ނަސީމް ވަނީ ތެލެސީމިއާ ސެންޓަރަކީ އެ ކުދިންނާއި ގާތް އަމިއްލަ ވަންތަކަމުގެ އިހުސާސް ލިބޭ ތަނަކަށް ބަދަލު ކުރުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން އަރުވާފައި އެވެ.
https://twitter.com/MoHmv/status/1332925450977308672
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް