ބޮލީވުޑްގައި ހެއްވާ މަޖާ ފިލްމުތަކެއް ކުޅެފައިވާ އަކްޝޭ ކުމާރާއި އަރުޝަދު ވަރްސީ އެކުގައި ފިލްމަކުން ފެނިފައެއް ނުވެ އެވެ.
ކާމިޔާބު ކޮމިޑީ ފިލްމުތަކެއް ކުޅެފައިވާ މި ދެތަރިން އެކުގައި ފެނުމަކީ ދެ ތަރިންގެ ސަޕޯޓަރުން އިންތިޒާރު ކުރާ ދުވަހެކެވެ. އެ އިންތިޒާރަށް ނިމުމެއް ގެނެސްދެނީ ފިލްމު 'ބައްޗަން ޕާންޑޭ' އެވެ.
އެކަމަކު މި ފިލްމަކީ ހެއްވާ މަޖާ ފިލްމެއް ނޫނެވެ. ފިލްމު 'ބައްޗަން ޕާންޑޭ' އަކީ އެކްޝަން ފިލްމެއް ކަމަށް ރިޕޯޓުތައް ބުނެ އެވެ.
އެ ފިލްމުގެ ޕްރޮޑިއުސަރަކީ ސަންޖޭ ނަދިއަދުވާލާ އެވެ. އަކްޝޭ އާއި އަރްޝަދު މި ފިލްމަށް ސޮއި ކޮށްފައިވާކަން ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ވަނީ މީޑިއާގައި ކަށަވަރުކޮށްދީފައި އެެވެ.
އެ ދެ ތަރިންގެ އިތުރުން 'ބައްޗަން ޕާންޑޭ' ގައި ފެނިގެންދާ އިތުރު މަޝްހޫރު ތަރިންގެ ތެރޭގައި ކްރިތީ ސެނޯން، ރިތޭޝް ދޭޝްމުކް އަދި ބޮބީ ޑިއޯލް ހިމެނެ އެވެ.
މި ފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ޖެނުއަރީ 22 ގައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް