ހެނބަދޫ ބަނދަރު މަޝްރޫއު ނިންމައިފި

ނ. ހެނބަދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު ނިންމާލައިފި އެވެ. މި މަސައްކަތް ކުރީ އެމްޓީސީސީން ނެވެ. 30.3 މިލިއަން ރުފިޔާގެ މި މަޝްރޫއު އެ ކުންފުންޏާއި ޕްލޭނިން މިނިސްޓްރީން ހަވާލު ކުރީ މިދިޔަ އަހަރ...

29 Nov 2020 | 05:21

ނ. ހެނބަދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު ނިންމާލައިފި އެވެ.

މި މަސައްކަތް ކުރީ އެމްޓީސީސީން ނެވެ. 30.3 މިލިއަން ރުފިޔާގެ މި މަޝްރޫއު އެ ކުންފުންޏާއި ޕްލޭނިން މިނިސްޓްރީން ހަވާލު ކުރީ މިދިޔަ އަހަރުގެ ޖޫން 23 ގައި އެވެ.

މި މަޝްރޫއުގެ ދަށުން ހެނބަދޫ ބަނދަރުގެ 44،615 ކިއުބިކް މީޓަރުގެ ސަރަހައްދެއް ފުންކޮށްފައިވެ އެވެ. އަދި 259 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށި ލައި،203 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލާފައިވެ އެވެ.

މީގެ އިތުރުން 173 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި  25 މީޓަރުގެ ސަރަޙައްްދެއްގައި ނިއު ގްރޯންސް އަޅާފައިވެ އެވެ. އެމްޓީސީސީން ބުނީ ހެނބަދޫ ބަނދަރު  1,1015 ސްކުއެއާ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހަދައި، ބަނދަރު ބައްތިއާއި ނެރު ބައްތި ހަރުކޮށްފައިވާ ކަމަށެވެ.

މި މަޝްރޫއުގެ އަމަލީ މަސައްކަތް އެއްކޮށް ނިންމާލީ މިމަހުގެ21 ވަނަ ދުވަހު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް