މާލޭގައި ރޭގައި ހިނގި އެކްސިޑެންޓެއްގައި 24 އަހަރުގެ އަންހެނަކު މަރުވެއްޖެ އެވެ.
މި އެކްސިޑެންޓު ހިނގާފައިވަނީ ރޭ 10:00 ހާއިރު އެވެ. އަމީނީ މަގުން ދަރުމަވަންތަ ހޮސްޕިޓަލް ކައިރިން ބޮޑުތަކުރުފާނު މަގަށް ބާރު ސްޕީޑުގައި ދުއްވާފައި ނުކުތް ސައިކަލު އެކްސިޑެންޓުވީ ކޮންޓްރޯލުން ނައްޓައިގެން ގޮސް ދުވާ ޓްރެކް މައްޗަށް އަރައިގެން ކަމަށް ފުލުހުން ބުނެ އެވެ.
މި އެކްސިޑެންޓުގައި މަރުވެފައިވަނީ ސައިކަލުގެ ފަހަތުގައި އިން އަންހެން މީހާ އެވެ. އެމީހާ މަރުވީ މިއަދު ފަތިހުގެ ވަގުތެއްގައި ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.
އެކްސިޑެންޓުވިއިރު ސައިކަލު ދުއްވަން އިނީ 24 އަހަރުގެ ފިރިހެނެކެވެ. ފުލުހުން ބުނީ ސައިކަލު ދުއްވަން އިން މީހާގެ އަތުގައި އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ނެތް ކަމަށެވެ.
މިމައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް