މޯލްޑިވްސް މީޑިއާ ކައުންސިލް އިންތިހާބު 2020 ގައި ވޯޓުލުމަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ ވަގުތީ ލިސްޓް މިނިސްޓްރީ އޮފް ހޯމްއެފެއާޒް އިން އާންމުކޮށްފިއެވެ.
މީޑިއާ ކައުންސިލް އިންތިހާބު 2020 ގައި ވޯޓުލުމަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ ވަގުތީ ލިސްޓް މިނިސްޓްރީ އޮފް ހޯމްއެފެއާޒް އިން އާންމުކުރިއިރު، މި ލިސްޓަށް ޝަކުވާ ހުށައެޅުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލައިފައެވެ.
މި ލިސްޓު އާންމު ކުރުމަށް މިނިސްޓްރީ އޮފް ހޯމްއެފެއާޒް އިން ރޭ ނެރުނު އިއުލާނުގައި ވަނީ މިއަހަރުގެ މީޑިއާ ކައުންސިލް އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ފަސްވަނަ ދުވަހު ކަމަށެވެ. އަދި މި އިންތިހާބުގައި ވޯޓުލުމަށް ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކުގެ ލިސްޓަށް އެއްވެސް ޝަކުވާއެއް ހުށަހަޅަން ބޭނުންވާނަމަ އެފުރުސަތު ހުޅުވާލައިފައިވާ ކަމަށެވެ.
އަދި މި ލިސްޓަށް އެއްވެސް ޝަކުވާއެއް ހުށަހަޅުއްވަން ބޭނުންވާނަމަ ނޮވެމްބަރު 29، 2020 ވަނަ ދުވަހުގެ ރޭ 00:00 ގެ ކުރިން މި މިނިސްޓްރީގެ އީމެއިލް މެދިަ@ހޮމެަފފަިރސ.ގޮވ.މވ އަށް މެއިލްކުރެއްވުން އެދޭކަމަށް ވެސް މިނިސްޓްރީ އޮފް ހޯމްއެފެއާޒްގެ އިއުލާނުގައި ބުނެފައި ވެއެވެ.
https://twitter.com/HomeMinistrymv/status/1332706646473076736?s=19
މީ އިންތިހާބުގެ ވަގުތީ ލިސްޓުގައިވާގޮތުން މި އިންތިހާބުގައި ވޯޓުލުމަށް އެދި 200 ފަރާތަކުން ނަން ރަޖިސްޓްރީ ކޮށްފައިވެއެވެ.
މިފަހަރު އިންތިހާބުގައި މީޑިއާތަކުން އިންތިހާބު ކުރާނީ ހަތް މެމްބަރުންނެވެ. އަދި އާންމުންގެ ތެރެއިން އިންތިހާބު ކުރާނީ ހަ ކެންޑިޑޭޓުންނެވެ.
މޯލްޑިވްސް މީޑިއާ ކައުންސިލްގައި ޖުމްލަ 15 މެމްބަރުން ތިއްބަވާއިރު، އޭގެތެރެއިން މީޑިއާތައް ތަމްސީލު ކުރާ އަށް މީހަކު ހިމެނެއެވެ. އަދި އާންމުންގެ ތެރެއިން އިންތިހާބު ކުރާ ހަތް މީހަކު ހިމެނެއެވެ.
މީޑިއާ ކައުންސިލްގެ މެމްބަރު ކަމުގެ ދައުރު ހަމަވާ 13 މެމްބަރެއްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލާފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަހުއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް