ލ. ގަމުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މީހަކަށް ސީރިއަސް އަނިޔާތަކެއް ވެއްޖެ އެވެ.
މި އެކްސިޑެންޓު ހިނގާފައިވަނީ ގަމު މުކުރިމަގު ލިންކް ރޯޑުގައި ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލަކާއި ޕިކަޕެއް ޖެހިގެންނެވެ. ފުލުހުން ބުނީ މި އެކްސިޑެންޓުގެ ރިޕޯޓުކޮށްފައިވަނީ މިރޭ 9:30 ހާއިރު ކަމަށެވެ.
މި އެކްސިޑެންޓުގައި ސީރިއަސް އަނިޔާތަކެއް ލިބިފައިވަނީ ސައިކަލު ދުއްވަން އިން މީހާއަށެވެ. ސައިކަލު ދުއްވަން އިނީ އުމުރުން 29 އަހަރުގެ ދިވެހި ފިރިހެނެކެވެ.
"ދުވަސް" އަށް މައުލޫމާތު ދެއްވަމުން ގަމު ރީޖަނަލް ހޮސްޕިޓަލުގެ މެނޭޖަރު އަލީ ރަޝީދު ވިދާޅުވީ އެމީހާއަށް ފަރުވާ ދެމުން ދަނީ އައިސީޔޫގައި ކަމަށެވެ. އަދި އެމީހާގެ ހާލު ވަރަށް ސީރިއަސް ކަމަށް ވިދާޅުވި އެވެ.
އެކަމަކު ލިބިފައިވާ އަނިޔާތަކުގެ ތަފްސީލް އަދި ސާފު ނުވާ ކަމަށް ރަޝީދު ވިދާޅުވި އެވެ. އިތުރަށް ވިދާޅުވީ އެމީހާގެ އެކްސްރޭ ނަގައި އިތުރު ޓެސްޓުތައް ހެދުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.
ފުލުހުން ބުނީ މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް