ރާއްޖެއިން މިއަދު ކޯވިޑް-19 އަށް ޕޮސިޓިވްވީ 25 މީހުން ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
އެޗްޕީއޭއިން ބުނީ މިއަދު މާލެއިން ޕޮސިޓިވްވީ 16 މީހުން ކަމަށެވެ. އަދި އަތޮޅު ތެރެއިން ޕޮސިޓިވްވީ ނުވަ މީހުން ކަމަށެވެ.
މިއަދު ޕޮސިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 16 ދިވެހިންނާއި ނުވަ ބިދޭސިންނެވެ. މިއައު ޓެސްޓު ކޮށްފައިވަނީ 1،470 ސާމްޕަލެވެ.
ކޯވިޑް ޖެހިގެން ފަރުވާ ދެމުންދަނީ 839 މީހުންނަށެވެ. އޭގެ ތެރެއިން ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން ދަނީ 55 މީހުންނަށެވެ.
އައިސޮލޭޝަން ފެސިލިޓީތަކުގައި 269 މީހުން އެބަތިއްބެވެ.
މީގެ އިތުރުން ބަލި ޖެހުނު މީހުންގެ ތެރެއިން 10،733 މީހުން ވަނީ ރަނގަޅުވެފައި އެވެ.
މިހާތަނަށް ރާއްޖެއިން ޕޮސިޓިވްވެފައިވަނީ 11،616 މީހުންނެވެ. އޭގެ ތެރެއިން 37 މީހުން ވަނީ މަރުވެފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް