އިންޑިއާގެ ޔޫނިއަން މިނިސްޓަރ ސްމްރިތީ އިރާނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.
ކޯވިޑަށް ޕޮޒިޓިވްވެފައިވާކަން ސޯޝަލް މީޑިއާގައި ހާމަކުރައްވާ އޭނާ ވަނީ ފާއިތުވެދިޔަ ދުވަސްތަކުގައި ބައްދަލުވި ފަރާތްތަކުން ކޯވިޑަށް ޓެސްޓު ކުރުމަށް އިލްތިމާސް ކުރައްވާފަ އެވެ.
އުމުރުފުޅުން 44 އަހަރުގެ އިރާނީ އަކީ ކުރިން ފިލު ކުޅުއްވި ކަނބަލެކެވެ. އަދި ފިލްމު ކުޅުން ހުއްޓާލުމަށް ފަހު ސިޔާސީ ދާއިރާއިން މިހާރު ކުރިޔަށްދާއިރު އެކަމަނާ އަންނަނީ ބިހާރް އިންތިޚާބުގައި ނެޝަނަލް ޑިމޮކްރެޓިކް އެލައިންސް އަށް ކެމްޕެއިން ކުރައްވަމުންނެވެ.
މުޅި ދުނިޔެއިން ދެ ވަނައަށް އެންމެ ގިނަ މީހުން ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ގައުމަށް އިންޑިއާ ވާ އިރު، އެގައުމުން މިހާތަނަށް 7.9 މިލިއަން މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައިވެ އެވެ. އަދި އެއްލައްކަ ވިހިހާސް މީހުން ވަނީ އެގައުމުން މި ބަލީގައި މަރުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް