ބޮލީވުޑް އަދި ސްވެޑިޝް ބަތޮލާ އެލީ އަވްރަމް ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަގެންދެއެވެ.
އޭނާގެ އިންސްޓަގްރާމުން އެނގޭގޮތުގައި އޭނާ ޗުއްޓީ ހޭދަކުރަމުން އަންނަނީ ކަނޑިމާ މޯލްޑިވްސްގައެވެ.
މި ބަތޮލާއަކީ ކުރިން ސްވިޑަންގެ ސިނަމާތަކުގައި މަސައްކަތްކުރި ތަރިއެކެވެ. މިހާރު ބޮލީވުޑް ފިލްމު އިންޑަސްޓްރީގެ އިތުރުން ތަމިލް، މަލަޔާލަމް ފިލްމުތަކުގައިވެސް މިހާރު އަންނަނީ މަސައްކަތްކުރަމުންނެވެ.
ބިގްބޮސް 7ގައި ޕާޓިސިޕޭޓްކޮށްފައިވާއިރު މަލަންގް، ޖަބަރްޔާ ޖޯޑީ ފަދަ ފިލްމުތަކުގައި މަސައްކަތްކޮށްފައިވެއެވެ.
އެލީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނައިރު މި މަހަކީ ބޮލީވުޑް ގިނަ ތަރިންތަކެއް ރާއްޖެ ޒިޔާރަތްކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް