އަަންނަ މަހުގެ ނިިޔަލަށް އުރީދޫ މަގޭ ޕްލޭންގެ އެކްސްކްލޫސިވް ޕެކޭޖުތަކެއް

އުރީދޫ މަގޭ ޕްލޭންގެ އެކްސްކްލޫސިވް ޕެކޭޖުތަކެއް ތައާރަފުކޮށްފި އެވެ. އުރީދޫއިން ބުނީ މަގޭ ޕްލޭންގެ ދަށުން ތައާރަފު ކުރި މި ހާއްސަ ޕެކޭޖުތައް ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ނެގޭނެ ކަމަށ...

29 Oct 2020 | 14:36

އުރީދޫ މަގޭ ޕްލޭންގެ އެކްސްކްލޫސިވް ޕެކޭޖުތަކެއް ތައާރަފުކޮށްފި އެވެ.

އުރީދޫއިން ބުނީ މަގޭ ޕްލޭންގެ ދަށުން ތައާރަފު ކުރި މި ހާއްސަ ޕެކޭޖުތައް ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ނެގޭނެ ކަމަށެވެ. މި ޕެކޭތުތައް ބޭނުން ކުރެވޭނީ އަންނަ މަހުގެ 30 ގެ ނިޔަލަށެވެ.

އުރީދޫއިން އަލަށް ތައާރަފު ކުރި މި ޕެކޭޖުތަކުގެ ދަށުން މަގޭ ޕްލޭނުގެ ކަސްޓަަމަރުންނަށް 125 ރުފިޔާއަށް ހަތަރު ޖީބީގެ ޑޭޓާ 30 ދުވަހުގެ މުއްދަތަށް ލިބޭނެ އެވެ. 15 ދުވަހަށް ދެ ޖީބީގެ ޑޭޓާ 75 ރުފިޔާއަށް އަދި 24 ގަޑިއިރަށް ހަތަރު ޖީބީގެ ޑޭޓާ 50 ރުފިފާއަށް އަށް ލިބޭނެ އެވެ.

އުރީދޫ މަގޭ ޕްލޭނަކީ ކަސްޓަމަރުން އަމިއްލަ އަށް މޯބައިލް ޕްލޭން ހެދުމުގެ ފުރުސަތު ދިނުމަށް ތައާރަފުކުރި ޕްލޭނެކެވެ. މި ޕްލޭންގެ ދަށުން ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް އެ މީހަކު ބޭނުންވާ ވަރަކަށް ޑޭޓާ އާއި ކޯލް އަދި އެސްއެމްއެސް އާއި އައިޑީޑީ ޕްލޭން ނެގޭނެ އެވެ.

މަގޭ ޕްލޭން ބޭނުން ކުރެވޭނީ އުރީދޫ އެޕްލިކޭޝަން މެދުވެރިކޮށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް