ރާއްޖޭގެ ކުޅިވަރުގެ ގާނޫނަށް އިސްލާހުތަކެއް ގެންނަން ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ހުށަހަޅުއްވައިފި އެވެ.
އިސްލާހުތަކެއް ހުށަހެޅުއްވިކަން ހާމަކުރައްވާ، ހަސަން ލަތީފު ވިދާޅުވީ، ކުޅިވަރު ކުޅުންތެރިންނާ ކުޅިވަޅު ހިންގެވުމުގެ ތަޖުރިބާކާރުންގެ ދުވަސްވީ ކަންބޮނޑުވުންތަކަަށް ހައްލު ހޯދައިދެވޭނެ ކަމަށެވެ.
ހަސަން ލަތީފު ހުށަހެޅުއްވި އިސްލާހުގެ މައިގަނޑު ބޭނުމަކީ، ރާއްޖޭގެ ކުޅިވަރާ ބެހޭ މުއައްސަސާތަކުގެ މެދުގައި ހުރި ފުށު އެރުންތަށް ނައްތާލައި އެ މުއައްސަސާތަށް ޑިމޮކްރައިޒްކޮށް، ދެ ފުށް ފެންނަ ނިޒާމެއްގެ ތެރެއިން ހިންގޭނެ ގޮތެއް ގާއިމްކުރުން ކަމަށެވެ. އަދިި ކުޅިވަރުގެ ވަސީލަތްތަށް ބިނާކޮށް ތަރައްގީ ކުރާއިރު އެ ވަސީލަތްތަށް ދެމެހެއްޓެނެވި ގޮތަކަށް ބެލެހެއްޓޭނެ ނިޒާމެއް ގާއިމް ކުރުމުގެ އިތުރުން ކުޅިވަރު ވަސީލަތްތަށް ބެލެހެއްޓުމަށް ދައުލަތަށް މިހާރު އޮތް ބުރަ ކުޑަކުރުން ކަމަށެވެ.
މީގެ އިތުރަށް އެ އިސްލާހުގައި ބުނެފައިވަނީ، ކުޅިވަރުގެ އެކިއެކި މުއައްސަސާތަކުގެ އިންތިހާބުތަކަކީ ދެ ފުށްފެންނަ އިންތިހާބަކަށް ހަދައި އިތުބާރުކުރެވޭ ނިޒާމެއްގެ ތެރެއިން އިންތިހާބު ފަދަ މުހިންމުކަން ކުރިއަށް ގެންދެވޭނެ އިންތިޒާމުތަކެއް ހަމަޖެއްސަން ޖެހޭ ކަމަށެވެ.
އެންމެ ފަހު ކަމެއްގެ ގޮތުގައި އެ އިސްލާހުގައި ވަނީ، ކުޅިވަރު މިނިސްޓަރުގެ މަސްއޫލިއްޔަތުތަކާއި ބާރުތަށް ކަނޑައެޅުމެވެ.
ކުޅިވަރު ވަޒީރަކަށް މިހާރު ހުންނެވި އަހުމަދު މަހުލާފާއި ކުޅިވަރުގެ ދާއިރާގައި މީގެ ކުރިން އުޅުއްވާފައިވާ ބައެއް ބޭފުޅުންނާ ދެމެދު މައްސަލަ ޖެހެ އެވެ.
އެގޮތުން އެންމެ ފާހަގަވެފައިވަނީ އެމްޑީޕީގެ ޕީޖީގެ ލީޑަރު މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމާއި ދެމެދު ޖެހުނު މައްސަލަ އެވެ. މީގެ އިތުރުން މަހުލޫފު ވަނީ ވަރަށް ފަހުން ހަސަން ލަތީފަށް ވެސް ނުސީދާކޮށް ކުޅިވަރާ ބެހޭ ގޮތުން ރައްދު ދެއްވާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް