އެސްޓިއޯއަށް ތިން ވަނަ ކުއާޓާގައި 100 މިލިއަން ރުފިޔާގެ ފައިދާއެއް ލިބިއްޖެ އެވެ.
އެ ކުންފުނިން އާންމުކޮށްފައިވާ މި އަހަރުގެ ތިންވަނަ ކުއާޓަރުގެ މާލީ ހިސާބުތައް ދައްކާގޮތުން ތިންވަނަ ކުއާޓަރުގައި އެކުންފުންޏަށް އާމްދަނީގެ ގޮތުގައި 1.5 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިއީ މިއަހަރުގެ ދެ ވަނަ ކުއާޓާގައި ލިބުނު އާމްދަނީ އާއި ބަލާއިރު އިތުރު އަދަދެކެވެ.
ދެވަނަ ކުއާޓާގައި އެ ކުންފުންޏަށް ލިބިފައިވަނީ 1.2 މިލިއަން ރުފިޔާ އެވެ. އެކަމަކު މިދިޔަ އަހަރުގެ ތިން ވަނަ ކުއާޓާ އާއި އަޅާ ބަލާއިރު މިއަހަރުގެ ތިން ވަނަ ކުއާޓާގައި އެސްޓީއޯއަށް ލިބުނު އާމްދަނީ ވަނީ ދަށްވެފައި އެވެ.
މިދިޔަ އަހަރުގެ ތިންވަަ ކުއާޓަރުގައި އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި 2.2 މިލިއަން ރުފިޔާ ލިބުނެވެ. އެހެންކަމުން މިއަހަރުގެ ތިން ވަނަ ކުއާޓާގައި ލިބުނު އާމްދަނީ 0.7 މިލިއަން ރުފިޔާ ދަށެވެ.
އެސްޓީއޯ އަށް އެންމެ ބޮޑު އާމްދަނީ އެއް ލިބިފައިވަނީ ތެލުގެ ވިޔަފާރިންނެވެ. ތެލުގެ ވިޔަފާރިން 818 މިލިއަން ރުފިޔާގެ އާމްދަނީ އެއް ތިންވަނަ ކުއާޓަރުގައި އެ ކުންފުންޏަށް ލިބިފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް