ފްރާންސުގެ މުދާތަށް އިމްޕޯޓު ކުރަން ހުއްޓާލަންޖެހޭ: ޝަރީފު

ފްރާނުން ކީރިތި ރަސޫލައަށް ޖޯކު ޖަހައި، ހިޔާލުފާޅު ކުރުމުގެ މިނިވަންކަމުގެ ތެރޭގައި އިސްލާމްދީނަށް ހަޖޫ ޖެހުން ހިމަނާފައިވާތީ އެ ގައުމުގެ އުފައްދާ މުދާތަށް ރާއްޖެއަށް އިމްޕޯޓުކުރުން ހުއްޓާލަން ޖެހޭކަމ...

29 Oct 2020 | 07:15

ފްރާނުން ކީރިތި ރަސޫލައަށް ޖޯކު ޖަހައި، ހިޔާލުފާޅު ކުރުމުގެ މިނިވަންކަމުގެ ތެރޭގައި އިސްލާމްދީނަށް ހަޖޫ ޖެހުން ހިމަނާފައިވާތީ އެ ގައުމުގެ އުފައްދާ މުދާތަށް ރާއްޖެއަށް އިމްޕޯޓުކުރުން ހުއްޓާލަން ޖެހޭކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު ވިދާޅުވެއްޖެ އެވެ.

އާދަމް ޝަރީފު ވިދާޅުވީ، ފްރާންސު ސަރުކާރުގެ އެއްބާރުލުމާއެކު އެގައުމުން އިސްލާމްދީނަށާއި މުސްލިމުންނަށް ފުރައްސާރަ ކުރަމުންދާ ކަމަށާއި އެކަން ކުށްވެރިކޮށް އިސްލާމީ ގިނަ ގައުމުތަކުން ބަޔާން ނެރޭއިރު ރާއްޖެއިން ބަޔާނެއް ނުނެރޭ ކަމަށެވެ. ޝަރީފު މި ވާހަކަތަށް ދެއްކެވީ އިއްޔެ އެވެ. އަދި އެ ވާހަކަތަށް ދެއްކުމުގެ ގަނޑިއިރެއް ފަހުން ފޮރިން މިނިސްޓްރީއިން ވަނީ ބަޔާނެއް ނެރެ ފްރާންސުގެ ސަރުކާރުން އިސްލާމްދީނަށާއި ރަސޫލާއަށް ފުރައްސާރަ ކުރުމުން އެކަން ކުށްވެރިކޮށްފަ އެވެ.

އެ ބަޔާނުގައި އެއީ ކޮން ގައުމަކާ ދެކޮޅަށް ނެރުނު ބަޔާނެއްކަން ބުނެފައެއް ނުވެ އެވެ. ނަމަވެސް އެއީ ފްރާންސު ސަރުކާރާ ދެކޮޅަށް ދިވެހި ސަރުކާރުން ނެރުނު ބަޔާނެއްކަން އެގެ އެވެ.

"އަޅުގަނޑު ގަަބޫލުކުރާ ގޮތުގައި މިއަދު ފްރާންސުން ރާއްޖެއަށް މި އެތެރެކުރާ ތަކެތި ހުއްޓުވަން އެބަޖެހޭ. ފްރާންސުން އެވަނަި ﷲ ސުބުހާނަހޫ ވަތައާލާއަށް، ހާއްސަކޮށް ރަސޫލާއަށް ފުރައްސާރަކޮށް ޖޯކް ޖަހައި ކަންތައްތައް ކޮށްފައި" ޝަރީފު ވިދާޅުވެފައިވެ އެވެ.

ރާއްޖޭގެ ބައެއް ރެސްޓޯރެންޓުތަކުން މިހާރު ވަނީ ފްރާންސުގެ އުފެއްދުން ބޭނުންކުރުން ހުއްޓައިލާފަ އެވެ. މަޝްހޫރު ބައެއް އިލްމުވެރިން ވެސް ވަނީ ފްރާންސުގެ އުފެއްދުން ބޭނުންކުރުން ހުއްޓައިލާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް