ކޯވިޑް-19 އާއި ގުޅިގެން ސްވިޒަލޭންޑުން އެކުލަވާލި ރައްކާތެރި ގައުމުތަކުގެ ލިސްޓުގައި ދިވެހިރާއްޖެ ހިމަނައިފި އެވެ.
ކޯވިޑް-19 އާއި ގުޅިގެން ސްވިޒަލޭންޑުގެ ފެޑްރަލް އޮފީސް އޮފް ޕަބްލިކް ހެލްތުން ވަނީ އެ ގައުމުގެ ރައްޔިތުން ދަތުރު ކުރުމުގައި ރައްކާތެރި ނޫން ގައުމުތައް ކަމަށް ކަނޑައަޅައި "ރިސްކު ކަންޓްރީސް ލިސްޓު" އެއް އެކުަލާވާފައި އެވެ. އެންމެ ފަހުން ނެރެފައިވާ އެ ލިސްޓުން ރާއްޖޭގެ ނަން ވަނީ އުނިކޮށްފައި އެވެ.
އެ ލިސްޓުން ރާއްޖެ އުނި ވުމުން ރާއްޖެއިން އެ ގައުމަށްދާ މީހުން 10 ދުވަހުގެ ކަރަންޓީން މުއްދަތު ފުރިހަމަ ނުކޮށް ސްވިޒަލޭންޑަށް އެތެރެވެވޭނެ އެވެ.
އެ ލިސްޓުން ރާއްޖެ އުނި ކުރުމަކީ ފަތުރުވެރިކަމުގެ ދާއިރާއަށް ލިބުނު ކުރިއެރުމެކެވެ. ސްވިޒަލޭންޑަކީ ރާއްޖެއަށް 13 ވަނައަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމެވެ.
އެގައުމުގެ އެއާލައިނެއް ކަމަށްވާ އެޑެލްވެއިސް އެއާލައިނުން ރާޢްޖެއަށް ޓޫރިސްޓުން ގޮވައިގެން ސީދާ ދަތުރުތައް ކުރެ އެވެ. ކޯވިޑް-19 އާއި ގުޅިގެން އެ އެއާލައިންގެ ދަތުރުތައް މެދުކަނޑާލުމަށް ފަހު އަލުން މިދިޔަ މަހުގެ 27 ވަނަ ދުވަހު ވަނީ ދަތުރުތައް ފަށާފައި އެވެ.
އެ އެއާލައިނުން ހަފްތާއަކު ދެ ދަތުރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ކުރެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް