އިފްލާސްކުރުމާއި އިފްލާސްވުމުގެ ބިލް ނުވަތަ ބޭންކުރަޕްސީ ބިލް އިސްލާހުކޮށް ބަނގުރޫޓުވާ ކުންފުނިތަކުގެ ހިއްސާދަރުން ހިމާޔަތްކުރަން މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފު ގޮވާލައިފި އެވެ.
ބޭންކުރަޕްސީ ބިލް އިސްލާހުކުރަން ޝަރީފު ގޮވާލިއިރު ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި އެ ބިލާއި ގުޅޭގޮތުން ތިން ބަހުސެއް ވަނީ ވަނީ ކޮށްފަ އެވެ. އެ ބިލް މަޖިލީހަށް ބަލައިގަންނަ ފާސްކޮށް މިހާރު ވަނީ ކޮމިޓީ މަރުހަލާއަށް ފޮނުވައިފަ އެވެ. އެ ބިލް ދިރާސާ ކުރަނީ ޖުޑިޝަރީ ސަވީސް ކޮމިޓީ އިންނެވެ.
އެ ބިލް ގައިވާގޮތުން ދަރަނިވެރިޔާގެ ވިޔަފާރި އާއި އެ ވިޔަފާރިވެރިޔާގެ މަސްލަހަތު ހިމާޔަތް ކުރެވުނަސް ކުންފުނިތަކަށް އެ ފުރުސަތު ނޯވެ އެވެ. އެކަމުގެ ކަންބޮނޑުވުން މަޖިލީހުން ވަނީ ފައުޅުކޮށްފަ އެވެ. ނަމަވެސް ލިބުނީ ފިނި ތަރުހީބެކެވެ.
ޝަރީފު ވިދާޅުވީ، ޕަބްލިކް ކުންފުނިތަށް ދަރަނިވެރިވުމުން މުދާ ވިއްކައިގެން އަދާކުރަނީ ވެސް ދަރަނި ކަމަށެވެ. އަދި ވިދާޅުވީ ޕަބްލިކް ކުންފުނިިތަކުގެ ހިއްސާދާރުން ތިބޭއިރު އެމީހުންގެ މުދާތަށް ހިމާޔަތް ކުރެވޭނެ ގާނޫނެއް އޮންނަން ޖެހޭނެ ކަމަށެވެ.
އަދި އިތުރަށް ޝަރީފު ވިދާޅުވީ ފަރުވާކުޑަކަމުގެ ސަބަބުން ޕަބްލިކް ކުންފުންޏެއް ދަރަނިވެރި ވެއްޖެނަމަ އެކަން ތަހުގީގު ކުރެވޭނެ ގޮތެެއް ވެސް ބިލުގައި ހިމަނަން ޖެހޭ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް