ލ. ކައްދޫގައި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ހިންގާ އަސްކަރީ ތަމްރީން ތަކެއްގައި ބަޑިޖަހާތީ އާންމުން ސަމާލުވުމަށް އެދެފި އެވެ.
މި ތަމްރީންތައް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އިއްޔެއިން ފެށިގެން ނޮވެމްބަރު 2 އަށް އަދި ނޮވެމްބަރު 6-8 އަށެވެ. މި ތާރީހުތަކުގައި ތަމްރީން ކުރިޔަށް ގެންދަނީ ހަވީރު 6:00 ން ރޭގަނޑު 11:59 އަށެވެ.
މި ތަމްރީންތައް ކުރިޔަށް ގެންދަނީ އެމްއެންޑިއެފް ކައްދޫ ޓްރެއިނިން ސެންޓަރުން އިރު ދެކުނަށެވެ. އެމްއެންޑީއެފުން ބުނީ މި ތަމްރީންތަކުގައި ކަނޑާއި ވައިގެ ސަރަހައްދު ބޭނުން ކުރާނެ ކަމަށެވެ.
ތަމްރީން ކުރިޔަށް ގެންދާއިރު ވައިގެ ސަރަހައްދުގެ 5000 މީޓާރު ދުރު ބޭނުން ކުރާނެ އެވެ. އަދި ވައިގެ ސަރަހައްދުގެ 300 މީޓާރު އުސްމިން ކުރާނެ އެވެ.
މި ތަމްރީންތަކުގައި ފިސްތޯލަ، ރައިފަލް، މެޝިންގަން އަދި ފްލޭޔާސް ފަދަ ހަތިޔާޜު ބޭނުން ކުރާނެ އެވެ.
އެހެންވެ މިކަމަށް އެ ސަރަހައްދުން ދަތުރު ކުރާ ފަރާތްތަކާއި އާންމުން ސަމާލުކަން ދިނުމަށް އިލްތިމާސްކުރެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް