އައްޑޫ ސިިޓީ އެޗްއާރުސީއެމް އޮފީސް ފަޅާލައި ވައްކަން ކޮށްފި

އައްޑޫ ސިޓީ ހިތަދޫގައި ހުންނަ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދި މޯލްޑިވްސް (އެޗްއާރުސީއެމް) ގެ އޮފީސް ފަޅާލައި ވައްކަން ކޮށްފި އެވެ. އެތަނުން ވައްކަން ކުރީ ރޭގެ ވަގުތެއްގައި ކަމަށްވެ އެވެ. މި މައްސަލ...

29 Oct 2020 | 05:32

އައްޑޫ ސިޓީ ހިތަދޫގައި ހުންނަ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދި މޯލްޑިވްސް (އެޗްއާރުސީއެމް) ގެ އޮފީސް ފަޅާލައި ވައްކަން ކޮށްފި އެވެ.

އެތަނުން ވައްކަން ކުރީ ރޭގެ ވަގުތެއްގައި ކަމަށްވެ އެވެ.

މި މައްސަލަ ފުލުހުންނަށް ހުށަހެޅީ މިއަދު ހެނދުނު އެވެ.

ފުލުހުން ބުނީ އެ އޮފީހަށް ފުލުހުން ގޮސް ބެލި އިރު ބައެއް ތަކެތި ވަގަށް ނަގާފައިވާ ކަމަށެވެ.

ވަގަށް ނަގާފައިވާ ތަކެތީގެ ތެރޭގައި ބައެއް ލިޔެކިޔުންތަކާއި ދެ ލެޕްޓޮޕާއި، ޑީވީއާރެއް ހިމެނެ އެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް