ޗެމްޕިއަންސް ލީގް: ރަޝްފޯޑުގެ ހެޓްރިކާއެކު މޮޅުވެ ޔުނައިޓެޑަށް އެއްވަނައަށް

ޗެމްޕިއަންސް ލީގު ގްރޫޕް ސްޓޭޖުގައި ރޭ ޖަރުމަންގެ އާރް.ބީ ލިޕްޒިގް އާއި ދެކޮޅަށް ކުޅުނު މެޗު ފަސޭހަ ކަމާއި އެކު ކާމިޔާބު ކޮށްފިއެވެ. ރޭގެ މެޗު އެޓީމުން ކާމިޔާބު ކުރީ މައްޗަށް 0-5 ގެ ނަތީޖާއިންނެވެ. ޔު...

29 Oct 2020 | 04:31

ޗެމްޕިއަންސް ލީގު ގްރޫޕް ސްޓޭޖުގައި ރޭ ޖަރުމަންގެ އާރް.ބީ ލިޕްޒިގް އާއި ދެކޮޅަށް ކުޅުނު މެޗު ފަސޭހަ ކަމާއި އެކު ކާމިޔާބު ކޮށްފިއެވެ.

ރޭގެ މެޗު އެޓީމުން ކާމިޔާބު ކުރީ މައްޗަށް 0-5 ގެ ނަތީޖާއިންނެވެ.

ޔުނައިޓެޑުގެ ދަނޑުގައި ކުޅުނު މިމެޗުގައި އެޓީމުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔައިރު، އެޓީމުގެ ފުރަތަމަ ގޯލު ޖަހާފައިވަނީ ފުރަތަމަ ހާފުގެ 21 ވަނަ މިނެޓުގައެވެ.

ލިޕްޒިގު ޑިފެންޑަރުން ކައިރިން ވަރަށް ރީތިކޮށް ނައްޓާލުމަށްފަހު ޕޮގްބާ ދިން ރީތި ޕާހެއްގައި ޔުނައިޓެޑުގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިނީ މޭސަން ގްރީންވުޑެވެ.

ޔުނައިޓެޑް ލީޑުގައި އޮވެ މެޗުގެ ފުރަތަމަ ހާފު ނިމުނުއިރު،

ޔުނައިޓެޑުގެ ދެވަނަ ލަނޑު ކާމިޔާބު ކޮށްދިނީ ދެވަނަ ހާފުގައި ކުޅެން ނިކުތް މާކަސް ރަޝްފޯޑްއެވެ.

ރަޝްފޯޑް މި ލަނޑު ކާމިޔާބު ކުރީ ކައުންޓަރ އެޓޭކެއްގައި ބްރޫނޯ ފެރްނާންޑޭޒް ތަނަވަސްކޮށްދިން ހުސް ފުރުސަތެއް ގޯލްގެ ތެރެއަށް ފޮނުވާލައިގެންނެވެ.

އެޓީމުން މެޗުގައި ޖެހި ހަތަރުވަނަ ލަނޑަކީ ލިބުނު ޕެނަލްޓީއެއްގައި މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ތިން މިނެޓައް ވެފައިވަނިކޮށް އެންތޮނީ މާޝިއަލް ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި ޔުނައިޓެޑުގެ ފަހު ލަނޑު ޖަހާ ރަޝްފޯޑު އޭނާގެ ހެޓްރިކް ފުރިހަމަކުރީ އިތުރުވަގުތުގެ ދެވަނަ މިނެޓުގައެވެ.

ރޭގެ މި މޮޅާއި އެކު ޔުނައިޓެޑް އޮތީ ކުޅުނު ދެމެޗުން ވެސް މޮޅުވެ 6 ޕޮއިންޓާއި އެކު ގުރޫޕް އެޗްގެ އެއްވަނާގައެވެ.

މި ގްރޫޕުގައި ރޭ ކުޅުނު ފްރާންސްގެ ޕީއެސްޖީއާއި ތުރުކީގެ އިސްތާންބުލް ބަސަކްސަހިރެވެ. މިމެޗު ޕީއެސްޖީ ކާމިޔާބުކުރީ 0-2 ގެ ނަތީޖާއަކުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް