ލ.ގަމު ތުނޑީ ޒުވާނުން އިސްނަގައިގެން ކުރިޔަށް ގެންދިޔަ " ރޫޓް 66 ތުނޑީ ފުޓްސަލް ޗެލެންޖެ 2020 " ގެ ޗެމްޕިއަން ކަން ކަންމަތީ ސްޕޯޓްސް ކުލަބުން ހޯދައިފިއެވެ.
ކަންމަތީ ސްޕޯޓްސް ކުލަބުން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ރޭ ކުޅުނު ފައިނަލް މެޗުގައި ޑީޑީއެފް ދި ޖެނެރޭޝަން އާއި ވާދަކޮށް 2-6 ގެ ނަތީޖާއިން މެޗު ކާމިޔާބު ކޮށްގެންނެވެ.
ވަރަށް ވާދަވެރި އަދި އެހާމެ ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މި މެޗުގައި ދެޓީމުގެ ފަރާތުން ވެސް ފެނިގެން ދިޔައީ ދާދި ހަމަހަމަ ކުޅުމެކެވެ.
އެގޮތުން މެޗުގެ ކުރީ ކޮޅު ދެޓީމަށް ވެސް ލަނޑު ޖަހަން ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެގެން ދިޔަކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ދެޓީމުންވެސް ފޮނުވާލި ގިނަ ހަމަލާތަކެއް ގޯލުގެ ދަނޑިއަށް ވެސް އަމާޒުވެފައިވެއެވެ.
މި މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ކަންމަތީ ސްޕޯޓްސް ކުލަބުންނެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި އަލީ ހާފިޒް އެވެ. އޭނާ މި ލަނޑު ކާމިޔާބު ކުރީ ގޯލާއި ފުދޭވަރަކަށް ދުރުގައި ހުރެ ފޮނުވާލި ބާރު ހަމަލާއަކުންނެވެ.
މި ލަނޑާއި އެކު ލީޑުގައި އޮވެ މެޗުގެ ފުރަތަމަ ހާފު ކަންމަތި ސްޕޯޓްސް ކުލަބުން ނިންމާލި އިރު، އެޓީމުގެ ދެވަނަ ލަނޑު ޖަހާ މެޗުގެ ލީޑު ފުލާކުރީ މެޗުގެ ފަހު ހާފުގެ ކުރީކޮޅު ފެށުނުތަނާހެން މި މެޗުގެ ފުރަތަމަ ލަނޑުވެސް ކާމިޔާބު އަލީ ހާފިޒުގެ ލަނޑުންނެވެ.
ކަންމަތީ ސްޕޯޓްސް ކުލަބުން މި ލަނޑު ޖެހުމާއި އެކު ޑީޑީއެފް އިން އެޓީމުގެ ކުޅުން އިތުރަށް ވަރުގަދަ ކުރިތަން ފެނިގެން ދިޔައެވެ. އެގޮތުން އެޓީމުގެ އަޝްރަފް ވަނީ ލަނޑެއް ކާމިޔާބު ކޮށް ނަތީޖާގެ ފަރަގު ކުޑަކޮށްދީފައެވެ.
އެހެން ނަމަވެސް ކަންމަތީ ޓީމުން ވަނީ ދުރުން ހަމަލާ އުފައްދާ ފުލުފުލު ދެ ލަނޑު ކާމިޔާބު ކޮށް ނަތީޖާގެ ފަރަގު އަނެއްކާވެސް ބޮޑުކޮށްފައެވެ. މި ދެ ލަނޑު ކާމިޔާބު ކުރީ އެޓީމުގެ އިބްރާހީމް އަސްވަދް (ގަބޭ) އެވެ. މި ލަނޑަށް ފަހު ޑީޑީއެފްގެ ލަނޑެއް ފެނިގެން ދިޔައިރު، ކަންމަތީ ޓީމުން ވަނީ އަނެއްކާ ވެސް ފުލު ދެ ލަނޑު ޖަހާ މެޗުގެ ނަތީޖާ 2-6 އަށް ބަދަލު ކޮށްފައެވެ.
މި ދެ ލަނޑު ކަންމަތީ ސްޕޯޓްސް ކުލަބަށް ކާމިޔާބު ކޮށްދިނީ އަލީ ހާފިޒްއެވެ. ރޭގެ މެޗުގައި އޭނާ ކާމިޔާބު ކުރި ހަތަރު ލަނޑާއި އެކު މި މުބާރާތުގައި އަލީ ހާފިޒް ކާމިޔާބު ކުރި ލަނޑުގެ އަދަދު ވަނީ 43 އަށް އަރާފައެވެ.
މި މުބާތުގެ ވަނަތަށް ވެސް ހޮވާފައިވާއިރު، އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމުގެ އިތުރުން މި މެޗުގެ ކިންގް އަކަށް ހޮވިފައި ވަނީ ވެސް އަލީ ހާފިޒްއަށެވެ. އަދި މުބާރާތުގެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ވެސް އޭނާ ހިމެނުނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް