ކުޅުދުއްފުށި މޮނިޓަރިންއިން ނަގައި އާންމު ހާލަތަށް ގެނެސްފި

ކުޅުދުއްފުށި ސިޓީ މޮނިޓަރިން އިން ނަގައި އާންމު ހާލަތަށް ގެނެސްފި އެވެ. އެ ރަށް މޮނިޓަރިންއަށް ލީ ޕޮލިސް ސްޓޭޝަންގައި މަސައްކަތް ކުރާ ފުލުހަކު ކޯވިޑް-19 އަށް ޕޮސިޓިވްވުމާއި ގުޅިގެންނެވެ. އަދި ފަހުން ވ...

28 Oct 2020 | 19:13

ކުޅުދުއްފުށި ސިޓީ މޮނިޓަރިން އިން ނަގައި އާންމު ހާލަތަށް ގެނެސްފި އެވެ.

އެ ރަށް މޮނިޓަރިންއަށް ލީ ޕޮލިސް ސްޓޭޝަންގައި މަސައްކަތް ކުރާ ފުލުހަކު ކޯވިޑް-19 އަށް ޕޮސިޓިވްވުމާއި ގުޅިގެންނެވެ. އަދި ފަހުން ވަނީ އެ ފުލުސް މީހާ އާއި ގުޅުން މީހުން އެ ރަށުންނާއި އެ ފުލުސް މީހާ ދަތުރުކޮށްފައިވާ އެހެން ރަށްރަށުން ޕޮސިޓިވްވެފައި އެވެ.

ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނީ ކުޅުދުއްފުށި އާންމު ހާލަތަށް ގެނައީ ބަލި ފެތުރެމުން ނުދާކަން ޔަގީން ކުރުމަށް އަލާމާތްތައް ހުރި މީހުންނާއި ރެންޑަމް ސާމްޕަލްތަކެއް ދެ ބުރެއްގެ މަތިން ޓެސްޓު ކުރުމަށް ފަހު ކަމަށެވެ. ރަށް އާންމު ހާލަތަށް ގެނައުމުގެ ކުރިން 380 ރެންޑަމް ސާމްޕަލް ޓެސްޓު ކުރި ކަމަށް އެޗްއީއޯސީން ބުނެ އެވެ.

އެ ހުރިހާ ސާމްޕަލެއް ނެގެޓިވްވެފައިވެ އެވެ.

މިވަގުތު މޮނިޓަރިންގެ ހާލަތުގައި އޮތީ ރ. އުނގޫފާރެވެ. އެ ރަށް މޮނިޓަރިންއަށްލީ ނެގި ރެންޑަމް ސާމްޕަލްތަކެއްގެ ތެރެއިން އެކަކު ޕޮސިޓިވްވުމުންނެވެ.

މިހާތަނަށް ރާއްޖެއިން11،591 މީހުން ކޯވިޑް-19 އަށް ޕޮސިޓިވްވެފައިވެ އެވެ. އަދި މި ބަލީގައި37 މީހުން މަރުވެފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް