ނައިފަރުން ގެއްލުނު 17 އަހަރުގެ ކުއްޖާ ހޯދުމަށް އާންމުންގެ އެހީތެރިކަމަށް

ޅ. ނައިފަރުން ގެއްލިގެން ރިޕޯޓުކުރި 17 އަހަރުގެ ކުއްޖަކު ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، އެ ކުއްޖާއާ ބެހޭ މަޢުލޫމާތެއް ލިބިފައިވާ ފަރާތްތަކުން ހިއްސާކުރުމަށް އެދި ފުލުހުން ބުނެފިއެވެ. ގެއްލިފ...

29 Sep 2026 | 13:08
N/A

N/A

ޅ. ނައިފަރުން ގެއްލިގެން ރިޕޯޓުކުރި 17 އަހަރުގެ ކުއްޖަކު ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، އެ ކުއްޖާއާ ބެހޭ މަޢުލޫމާތެއް ލިބިފައިވާ ފަރާތްތަކުން ހިއްސާކުރުމަށް އެދި ފުލުހުން ބުނެފިއެވެ.

ގެއްލިފައިވަނީ ޅ. ނައިފަރު، ނޫކަނޑު، މުޙައްމަދު އަޙްޔާން ޙުސައިންއެވެ. އޭނާ ގެއްލިގެން ނައިފަރު ޕޮލިހަށް ރިޕޯޓުކޮށްފައިވަނީ އިއްޔެ ހަވީރު 5:30 އެހާކަންހާއިރު ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނާ ގޮތުގައި އަޙްޔާން އެންމެ ފަހުން ފެނިފައިވަނީ މި މަހުގެ 27 ވަނަ ދުވަހު، ނައިފަރުގައި އޭނާ ދިރިއުޅޭ ގެއިންނެވެ. އޭގެ ފަހުން އޭނާގެ ޚަބަރެއް ނުވެ، ފޯނަށް ގުޅުމުން ޖަވާބު ނުދޭތީ އާއިލާއިން ހޯދުމަށް މަސައްކަތްކުރި ނަމަވެސް ނުފެނުނު ކަމަށް އާއިލާއިން ފުލުހުންނަށް މަޢުލޫމާތު ދީފައިވެއެވެ.

އަޙްޔާންއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތްތަކުން ޅ. ނައިފަރު ޕޮލިހުގެ ނަންބަރު 9792187 އަށް ނުވަތަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ގުޅުއްވައި މަޢުލޫމާތު ހިއްސާކުރެއްވުމަށް ފުލުހުން އެދިފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް