ކަނޑުމަގުން ރާއްޖެ އެތެރެ ކުރި އަށް މިލިއަނަށްވުރެ ގިނަ ސިނގިރޭޓު އަތުލައިގެންފި

ކަނޑުމަގުން ރާއްޖެ އެތެރެ ކުރަން އުޅުނު އަށް މިލިއަނަށްވުރެ ގިނަ ސިނގިރޭޓު ކަސްޓަމްސްއިން ހިފަހައްޓައިފި އެވެ. މިތަކެތި އަތުލައިގަތީ މިދިޔަ އާދިއްތަ ދުވަހު އެވެ. ކަސްޓަމްސްއިން ބުނީ އެ އޮޕަރޭޝަން ހިން...

29 Sep 2026 | 09:28
ކަސްޓަމްސްއިން މީގެ ކުރިން އަތުލައިގަތް ސިނގިރޭޓުތަކެއް -- ފޮޓޯ: ކަސްޓަމްސް

ކަސްޓަމްސްއިން މީގެ ކުރިން އަތުލައިގަތް ސިނގިރޭޓުތަކެއް -- ފޮޓޯ: ކަސްޓަމްސް

ކަނޑުމަގުން ރާއްޖެ އެތެރެ ކުރަން އުޅުނު އަށް މިލިއަނަށްވުރެ ގިނަ ސިނގިރޭޓު ކަސްޓަމްސްއިން ހިފަހައްޓައިފި އެވެ.

މިތަކެތި އަތުލައިގަތީ މިދިޔަ އާދިއްތަ ދުވަހު އެވެ. ކަސްޓަމްސްއިން ބުނީ އެ އޮޕަރޭޝަން ހިންގީ މާލޭ ވިޔަފާރި ބަނދަރުގައި ކަމަށެވެ.

އެތަކެތި ފެނިފައިވަނީ ޖެނެރަލް ކާގޯ'ގެ ގޮތުގައި ޑިކްލެއާކޮށްފައިވާ ޝިޕުމަންޓެއް ބަލައިފާސްކުރި އިރު އެވެ. އެ ޝިޕްމެންޓުގެ ތެރެއިން 8,527,480 މިލިއަން ސިނގިރޭޓު ސްޓިކްސް ފެނިފައިވާ ކަމަށް ކަސްޓަމްސްއިން މައުލޫމާތުދެއެވެ.

އެ ތަކެތި މިހާރު ވަނީ ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ރާއްޖެ އެތެރެ ކުރަން އުޅުނު ގިނަ އަދަދެއްގެ ސިނގިރޭޓު އަތުލައިގަތް އިރު އިއްޔެ ވަނީ މާޅޭގައި ހަދަނިކޮށް މިދިޔަ އަހަރު އަތުކައިގަތް ސިނގިރޭޓުތަކެއް ނައްތާލާފައި އެވެ.

ފުލުހުން ބުނީ ނައްތާލި ތަކެތީގެ ތެރޭގައި 4،285 ސިނގިރެޓް ކާޓޫނާއި 232 ފޮށި ސިނގިރެޓާއި 93.60 ކިލޯގެ ދުންފަތް ހިމެނޭ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް