އަނގޮޅިތީމުގައި ނަމާދަށް ހުރި އަންހެނަކަށް ޖިންސީ ގޯނާކޮށް މަރުގެ އިންޒުދިން މީހަކު ހައްޔަރުކޮށްފި

ރ. އަނގޮޅިތީމު ގެއަކަށްވަދެ އަންހެނަކަށް ޖިންސީ ގޯނާކޮށް މަރުގެ އިންޒާރުދިން ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރު ކޮށްފި އެވެ. މި މައްސަލައާ ގުޅިގެން، ކޯޓު އަމުރެއްގެ ދަށުން 44 އަހަރުގެ ދިވެހި ފިރިހެނަ...

29 Sep 2026 | 08:58
ރ. އަނގޮޅިތީމު -- ފޮޓޯ: ސޯޝަލް މީޑިއާ

ރ. އަނގޮޅިތީމު -- ފޮޓޯ: ސޯޝަލް މީޑިއާ

ރ. އަނގޮޅިތީމު ގެއަކަށްވަދެ އަންހެނަކަށް ޖިންސީ ގޯނާކޮށް މަރުގެ އިންޒާރުދިން ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރު ކޮށްފި އެވެ.

މި މައްސަލައާ ގުޅިގެން، ކޯޓު އަމުރެއްގެ ދަށުން 44 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ހައްޔަރުކޮށްފައި ވެއެވެ. އެމީހާ ހައްޔަރު ކުރީ ރޭ 9:57 ހާއިރު އެވެ.

ފުލުހުން ބުނީ އެ ރަށު ގެއަކަށް މީހަކު ވަދެ ގަދަކަމުން ޖިންސީގޯނާކޮށް މަރާލާނޭކަމަށް ބުނެ އިންޒާރުދިނީ 72 އަހަރުގެ ދިވެހި އަންހެނަކަށް ކަމަށެވެ. އެ މައްސަލަ ހުށަހެޅި މިދިޔަ އާދިއްތަ ދުވަހުގެ ރޭ 8:30 ގައި ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.

އެ ހާދިސާގައި އަނިޔާ ލިބުނު މީހާއަށް އަނގޮޅިތީމު ހެލްތު ސެންޓަރުގައި ފަރުވާދިނުމަށްފަހު ވަނީ ދޫކޮށްލާފައެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް