ޣައިރު ޤާނޫނީ ސިނގިރެޓް އުފެއްދުމާ ގުޅިގެން ހޯދި ތަކެތި ނައްތާލައިފި

ހެންވޭރު ގެއެއްގައި ޣައިރު ޤާނޫނީ ގޮތުން ސިނގިރެޓް އުފައްދަމުން ދިޔަ މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ގިނަ އަދަދެއްގެ ސިނގިރެޓާއި ދުންފަތް ސެޕްޓެމްބަރު 28 ވަނަ ދުވަހު ދޫނިދޫގައި ނ...

29 Sep 2026 | 06:55
N/A

N/A

ހެންވޭރު ގެއެއްގައި ޣައިރު ޤާނޫނީ ގޮތުން ސިނގިރެޓް އުފައްދަމުން ދިޔަ މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ގިނަ އަދަދެއްގެ ސިނގިރެޓާއި ދުންފަތް ސެޕްޓެމްބަރު 28 ވަނަ ދުވަހު ދޫނިދޫގައި ނައްތާލައިފިއެވެ.

ނައްތާލި ތަކެތީގެ ތެރޭގައި ހިމެނެނީ 4،285 ސިނގިރެޓް ކާޓޫނާއި 232 ފޮށި ސިނގިރެޓާއި 93.60 ކިލޯގެ ދުންފަތެވެ.

މި ތަކެއްޗަކީ ހެންވޭރު ގެއެއްގެ އެޕާޓްމަންޓެއްގައި ހިންގަމުން ދިޔަ އޮފީހެއްގައި މެޝިން ބަހައްޓައިގެން ޤާނޫނާ ޚިލާފަށް ސިނގިރެޓް އުފައްދާ ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން 30 ޖެނުއަރީ 2025 ގައި ހިންގި އޮޕަރޭޝަނެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެއްޗެވެ.

މި ތަކެތި ނައްތާލާފައި ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ މިފަދަ ތަކެތި ނައްތާލުމުގައި ޢަމަލުކުރާ އުސޫލުގެ ދަށުން އެކަމަށްޓަކައި އެކުލަވައިލި ކޮމިޓީގެ ބެލުމުގެ ދަށުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް