މިއަދު ކޯވިޑަށް ޕޮސިޓިވްވީ އެންމެ 37 މީހުން

ރާއްޖެއިން މިއަދު ކޯވިޑް-19 އަށް ޕޮސިޓިވްވީ 37 މީހުން ކަމަށް އެޗްޕީއޭއިން ބުނެފި އެވެ. މިއަދު ޕޮސިޓިވްވެފައިވަނީ މާލެއިން 34 މީހުންނާއި އަތޮޅު ތެރެއިން ތިން މީހެކެވެ. އޭގެ ތެރޭގައި ހިމެނެނީ 31 ދިވެހިނ...

29 Sep 2020 | 17:25

ރާއްޖެއިން މިއަދު ކޯވިޑް-19 އަށް ޕޮސިޓިވްވީ 37 މީހުން ކަމަށް އެޗްޕީއޭއިން ބުނެފި އެވެ.

މިއަދު ޕޮސިޓިވްވެފައިވަނީ މާލެއިން 34 މީހުންނާއި އަތޮޅު ތެރެއިން ތިން މީހެކެވެ. އޭގެ ތެރޭގައި ހިމެނެނީ 31 ދިވެހިންނާއި ހަ ބިދޭސީންނެވެ.

ކޯވިޑް ޖެހިގެން މިހާޜު ފަރުވާ ދެމުން ދަނީ 1،116 މީހުންނަށެވެ. އޭގެ ތެރެއިން 80 މީހަކަށް ހޮސްޕިޓަލްގައި ފަރުވާ ދެމުން ދާއިރު ތިން މީހަކު އޮތީ އައިސީޔޫގައި އެވެ.

ކޯވިޑް ޖެހުނު މީހުންގެ ތެރެއިން 9،034 މީހުން ވަނީ ބަލިން ރަނގަޅުވެފައި އެވެ.

އެއް ދުވަހާއި ޕޮސިޓިވްވި މީހުންގެ އަދަދު މި ފަހުން މިހާ ބޮޑަށް ދަށްވެފައިވަނީ މިއަދާއި މިދިޔަ އާދިއްތަ ދުވަހު އެވެ. އާދިއްތަ ދުވަހު ކޯވިޑަށް ޕޮސިޓިވްވީ 31 މީހުންނެވެ.

އެޗްއީއޯސީން ބުނީ ރާއްޖޭގެ ކޯވިޑްގެ ހާލަތު ހުރީ ރަނގަޅު މިސްރާބެއްގައި ކަމަށެވެ. އަދި ގްރީން ޒޯނަށް ކޮންމެ ދުވަހަކު ޕޮސިޓިވްވާ މީހުންގެ އަދަދު ދާތާ އެންމެ އަވަސް ވެގެން ތިން ހަފްތާ ތެރޭގައި މިހާރު އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދިނުމާއި މެދު ގޮތެއް ނިންމާނެ ކަމަށެވެ.

މިއަދު ޕޮސިޓިވްވި މީހުންނާއި އެކު ރާއްޖެއިން ކޯވިޑް ޖެހުނު މީހުންގެ އަދަދު ވަނީ 10،194 އަށް އަރާފައި އެވެ. އޭގެ ތެރެއިން 34 މީހުން ވަނީ މަރުވެފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް