ޕްރިމިއާ ލީގަށް އަލަށް އަމަލުކުރަމުން އަންނަ ހޭންޑްބޯލް ގަވާއިދަކީ ބޮޑު ޖޯކެއް: ރޯއީ ހޮޖްސަން

އިނގިރޭސި ޕްރިމިއާ ލީގުގައި މި ފަހަރުގެ ސީޒަނުގައި އަލަށް  އަމަލުކުރަން ފަށާފައިވާ ހޭންޑްބޯލް ގަވައިދަކީ ފުޓްބޯޅަ އަށް ޖަހާ ބޮޑު ޖޯކެއް ކަމަށް ކްރިސްޓަލް ޕެލަސްގެ ކޯޗު ރޯއީ ހޮޖްސަން ބުނެފިއެވެ. އަލަށް...

29 Sep 2020 | 12:18

އިނގިރޭސި ޕްރިމިއާ ލީގުގައި މި ފަހަރުގެ ސީޒަނުގައި އަލަށް  އަމަލުކުރަން ފަށާފައިވާ ހޭންޑްބޯލް ގަވައިދަކީ ފުޓްބޯޅަ އަށް ޖަހާ ބޮޑު ޖޯކެއް ކަމަށް ކްރިސްޓަލް ޕެލަސްގެ ކޯޗު ރޯއީ ހޮޖްސަން ބުނެފިއެވެ.

އަލަށް ހެދި ހޭންޑް ބޯޅަ ގަވައިގުގެ ދަށުން މިހާތަނަށް ޕްރިމިއާ ލީގުގައި ކުޅުނު ގިނަ މެޗުތަކެއްގައި ގިނަ ޕެނަލްޓީތަކެއް ދީފައި ވާއިރު، ހޮޖްސަން ބުނީ ޕްރިމިއާ ލީގުގައި އަލަށް ހަދައިގެން އަމަލު ކުރަމުން ދާ މި ގަވައިދަކީ އެއްވެސް ތާކުންނުޖެހޭ ޖޯކު ގަވައިދެއް ކަމަށެވެ.

މީގެ އިތުރުން ހޮޖްސަން ބުނީ ފަހުން އަމަލު ކުރަމުން އަންނަ މި ގަވައިދަކީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ގަވައިދެއް  ނޫން ކަމަށާއި މިއީ ފުޓްބޯޅަ މަރާލާ ފަދަ ގަވާއިދެއް ކަމަށް ދެކޭ ކަމަށެވެ.

އަދި ހޮޖްސަން ބުނީ މި ގަވައިދުގެ ދަށުން ފުންމައިގެން އަރަން ދުއްވައިގަންނަން އަތް ބޭނުންކުރުމުގެ ފުރިހަމަ އިހުތިޔާރެއް ކުޅުންތެރިންނަށް ނެތްކަމަށެވެ.

ހޮޖްސަންގެ އިތުރުން ޕްރިމިއާ ލީގުގެ ގިނަ ކޯޗުންގެ ނުރުހުމާއި ފާޑު ކިޔުން މި ގަވައިދަށް އަމާޒުވެފައިވާއިރު، މި ގަވައިދަކީ އިންޓަނޭޝަނަލް ފުޓްބޯލް އެސޯސިއޭޝަން ބޯޑް (އައިފެބް)ގެ ފަރާތުން ގިނަ މަޝްވަރާތަކަކަށް ފަހު ނިންމާ އަމަލު ކުރަން ފަށާފައިވާ ގަވައިދެކެވެ.

އިނގިރޭސި ޕްރިމިއާ ލީގުގެ އައު ސީޒަނާއި އެކު މި ހޭންޑްބޯލް ގަވައިދަށް އަމަލުކުރަން ފެށިއިރު، މި ގަވައިދުގެ ފުރަތަމަ މާއްދާގައި ބުނެފައިވާ ގޮތުން ކުޅުންތެރިއެއްގެ ހަށިގަނޑު ހުރި ލެވެލްގައި ނޫނީ ބޮޑީ ލައިން އަށް ވުރެން ބޮޑަށް އަތް ފުޅާކޮށް ހުއްޓައި ބޯޅަ އަތުގައި ޖެހިއްޖެނަމަ ގަސްދުގައި ކުރި ކަމެއް ނޫން ކަމުގައި ވިޔަސް ހޭންޑްބޯލް ކަމަށް ބެލެވޭނެ އެވެ.

އަދި ދެ ވަނަ ކަމަކަށް ކުޅުންތެރިޔެއްގެ ފަރާތުން ކުޅުމަށް ހުރަސް އެޅުމުގެ ގޮތުން ބޯޅައާ ދިމާލަށް ގޮސް އަތްޖައްސައިފިނަމަ ވެސް ހޭންޑްބޯލް ކަމަށް ބެލެވޭނެ އެވެ.

މި ގަވައިދުގެ ތިން ވަނަ މާއްދާގައި ބުނެފައިވާ ގޮތުން  ކުޅުންތެރިއަކު ބޮލަށް ވުރެ މައްޗަށް އަތް ނަގައިގެން ހުއްޓައި އަތުގައި ބޯޅަ ޖެހިއްޖެނަމަ ހޭންޑްބޯލް ކަމަށް ބެލެބޭނެ އެވެ.

އަދި މި ގަވައިދުގެ ހަތަރު ވަނަ މާއްދާ ބުނާގޮތުން  ކުޅުންތެރިއަކު ވެއްޓިގެންފައި އޮއްވައި ވިޔަސް ބޮޑީ ލައިން އަށް ވުރެން ބޭރަށް އަތް ފުޅާކޮށް އޮއްވައި އަތުގައި ބޯޅަ ޖެހިއްޖެނަމަ ވެސް ހޭންޑްބޯލް ކަމަށް ބެލެވޭނެ އެވެ.

އެންމެ ފަހު މާއްދާ އަކީ އެހެން ކުޅުންތެރިއަކު ޖަހާ ބޯޅައެއް އެހެން ކުޅުންތެރިއަކު ގައިގައި ޖެހިފައި ވިޔަސް ބޮޑީލައިންއާ ދުރުގައި އަތް ފުޅާކޮށް ހުއްޓައި ކުޅުންތެރިއަކު އަތުގައި ބޯޅަ ޖެހިއްޖެނަމަ ހޭންޑްބޯލް ކަމަށް ބެލެވޭނެ ކަމަށެވެ.

ފުޓްބޯޅައިގެ ތަޖުރިބާކާރުން ދެކޭގޮތުގައި ޕްރިމިއާލީގަށް އަލަށް ތައާރުފް ކޮށްގެން އަމަލު ކުރަމުން އަންނަ މި ގަވައިދުގައި  ބޮޑީލައިން އިން ބޭރުގައި އަތް ފުޅާވެފައި ހުއްޓައި އަތުގައި ޖެހޭ ބޯޅަތަކަށް ހޭންޑްބޯލް ދޭން ނިންމާފައި އޮތުމަކީ ގޯހެއް ކަމަށެވެ. އަދި މިކަން ބަދަލު ކޮށް މިހާރު އަމަލުކުރަމުން މި އަންނަ ގޮތް ނޫން އެހެން ގޮތަކަށް ގަވައިދު ބަދަލުކުރަން ޖެހޭ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް