ދައުލަތުގެ ބެލުމުގެ ދަށުގައި ކުޑަކުދިން ބަލަހައްޓާ ފިޔަވަތީގައި ތިބި ކުދިންނަށް އޮންލައިންކޮށް ކިޔެވޭނެ މަގު ފަހި ކޮށްދިނުމަށް ހިލޭ އިންޓަނެޓް ދޫކުރަން ފަށައިފި އެވެ.
މީގެ ކުރިން ދިރާޣުގެ އިޖްތިމާއީ ޒިންމާގެ ދަށުން ހިލޭ އިންޓަނެޓް ދެމުންދިޔައީ ފިޔަވަތީގެ ހަތަރު ކޮމްޕއިޓާ ލެބަށް އެކަންޏެވެ. މިއަދުން ފެށިގެން މުޅިތަނުގައި އިންޓަނެޓް ހިލޭ ބޭނުން ކުރެވޭނެ އެވެ.
ދިރާގުން ބުނީ 99 ދަރިވަރުން ފައުންޑޭޝަން ލެވެލް އިން ފެށިގެން ގްރޭޑް ހަތަކާއި ހަމައަށް މިހާރުވެސް ފިޔަވަތިން އޮންލައިން ކްލާސްތަކުގައި ބައިވެރިވަމުން ދާކަމަށެވެ. ދިރާގުން ގާއިމު ކޮށްދީފައިވާ އިންޓަނެޓްގެ ނިޒާމު މެދުވެރިކޮށް ދަރިވަރުންނަށް ފިޔަވަތިން ބާއްވާ ހާއްސަ ހަރަކާތްތަކުގައިވެސް އޮންލައިންކޮށް ބައިވެރިވެވޭނެ ކަމަށެވެ.
ފިޔަވަތީގެ ސީ. އީ. އޯ ޒީނާ ގާސިމް ވިދާޅުވީ، ކޯވިޑް-19ގެ މި ހާލަތުގައި، އޮންލައިންކޮށް ހުރިހާ މަސައްކަތްތަކެއް ކުރަން މަޖުބޫރުވެފައިވާ ދަނޑިވަޅުގައި، އެއްވެސް ޚަރަދަކާއިނުލާ އިންޓަނެޓް ޕެކޭޖާއިއެކު، އޮންލައިންކޮށް ކިޔެވުމުގެ ފުރުޞަތު ދިރާގުން ފިޔަވަތީގެ ކުދިންނަށް ފަހިކޮށް ދީފައިވާ ކަމަށެވެ. ޒީނާ ވަނީ ދިރާގުން އެތަނަށް ފޯރުކޮށްދެމުންދާ އެހީތެރިކަމަށް ޝުކުރު އަދާކޮށްފައި އެވެ.
ދިރާގުގެ އިޖުތިމާއީ ޒިންމާގެ ދަށުން ވޭތުވެދިޔަ އަހަރު ތަކުގައި ވަނީ ކުޑަކުދިންގެ ހިޔާ ތަކަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް