އެސްޑީއެފްސީގެ ލޯނުތައް ދެއްކުން ފަސްކޮށްދިނުމަށް އެދެވޭ މުއްދަތު އިތުރު ކޮށްފި

އެސްޑީއެފްސީން ލޯނު ނަގާފައިވާ ފަރާތްކުގެ ތެރެއިން ކޯވިޑް-19 އާއި ގުޅިގެން ލޯނު ދެއްކުމަށް ދަތިވާ ފަރާތްތަކަށް ލޯނު ދެއްކުން ފަސްކޮށްދިނުމަށް އެދުމުގެ ފުރުސަތު އިތުރުކޮށްފި އެވެ. އެސްޑީއެފްސީން ބުނީ އ...

29 Sep 2020 | 11:48

އެސްޑީއެފްސީން ލޯނު ނަގާފައިވާ ފަރާތްކުގެ ތެރެއިން ކޯވިޑް-19 އާއި ގުޅިގެން ލޯނު ދެއްކުމަށް ދަތިވާ ފަރާތްތަކަށް ލޯނު ދެއްކުން ފަސްކޮށްދިނުމަށް އެދުމުގެ ފުރުސަތު އިތުރުކޮށްފި އެވެ.

އެސްޑީއެފްސީން ބުނީ އެ ކުންފުނިން ދޫކޮށްފައިވާ ލޯނުތަކުގެ މޮރިޓޯރިއަމްގެ މުއްދަތު އިތުރު ކުރުމަށް ހުޅުވާލި ދެވަނަ ފުރުސަތު އިތުރު ކުރުމަށް ނިންމާފައިވާ ކަމަށެވެ. އެ މުއްދަތު ހަމަވަނީ އަށްނަ މަހުގެ އަށް ވަނަ ދުވަހުގެ ނިޔަލަށެވެ.

ކުރިން އެ މުއްދަތު ހަމަވަނީ މިމަހުގެ 25 ވަނަ ދުވަހު އެވެ. އެސްޑީއެފްސީން ބުނީ މުއްދަތު އިތުރުކޮށްދޭން ނިންމީ އެކިއެކި ސަބަބުތަކާ ހުރެ ގިނަ ކަސްޓަމަރުންނަށް މޮރެޓޯރިއަމްއަށް ހުށަހެޅިފައި ނުވާތީ އެކަމަށް އެދުމުން ކަމަށެވެ.

އެކަމަށް އެދޭ ފަރާތްތަކަށް މި އަހަރުގެ ނިޔަލަށް މުއްދަތު އިތުރުކޮށްދެ އެވެ.

އެ ކުންފުނި މެދުވެރިކޮށް ނަގާފައިވާ ލޯނުތައް ދެއްކުމުގެ މުއްދަތު އިތުރު ކޮށްދޭން ނިންމި އިރު ކޯވިޑް-19 އާއި ގުޅިގެން އާންމުންނަށް އެހީވުމަށް ފިނޭންސް މިނިސްޓްރީ އާއި ގުޅިގެން ލޯނެއްވެސް ދަނީ ދޫކުރަމުންނެވެ. އެ ލޯނުގައި އެންމެ ގިނަ ވެގެން ދޫކުރަނީ 500،000 ރުފިޔާ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް