ޔޫއޭއީއިން ރާއްޖެއަށް ސެނެޓައިޒް ކުރާ ދެ ޓްރަކް ހަދިޔާ ކޮށްފި

ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ) އިން ރާއްޖެއަށް ސެނެޓައިޒް ކުރަން ބޭނުން ކުރާ ދެ ޓްރަކް ހަދިޔާ ކޮށްފި އެވެ. ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ މި ދެ ޓްރަކަކީ ރާއްޖެއިން ކޯވިޑާއި ދެކޮޅަށް ...

29 Sep 2020 | 08:28

ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ) އިން ރާއްޖެއަށް ސެނެޓައިޒް ކުރަން ބޭނުން ކުރާ ދެ ޓްރަކް ހަދިޔާ ކޮށްފި އެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ މި ދެ ޓްރަކަކީ ރާއްޖެއިން ކޯވިޑާއި ދެކޮޅަށް ކުރަމުންދާ މަސައްކަތަށް އެހީތެރިވުމުގެ ގޮތުން އެ ގައުމުން ހަދިޔާ ކުރި ތަކެތި ކަމަށެވެ. މި ދެ ޓްރަކް ބޭނުން ކުރުމަށް ހަމަޖެހިފައިވަނީ މާލޭގައި ގިނައިން މީހުން އެއްވެ އުޅޭ ސަރަހައްދުތަކުގައި އެވެ.

ޝާހިދު ކުރެއްވި ޓުވީޓެއްގައި ވަނީ ޔޫއޭއީއަށް ޝުކުރު އަދާކުރައްވާފަ އެވެ. އަދި މިތަކެތީގެ ސަބަބުން ކޯވިޑް-19އާ ދެކޮޅަށް ކުރަމުންދާ މަސައްކަތް އިތުރަށް ވަރުގަދަ ކުރެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

https://twitter.com/abdulla_shahid/status/1310839359629746176

މީގެ ކުރިންވެސް ޔޫއޭއީން ވަނީ ކޯވިޑް-19 އާއި ދެކޮޅަށް ރާޢްޖެއިން ކުރަމުންދާ މަސައްކަތަށް އެހީތެރިވުމުގެ ގޮތުން އެހީތެރިކަން ފޯރުކޮށްދީފައި އެވެ. އެގޮތުން ފަސް މިލިއަން ޑޮލަރުގެ ސިއްހީ ސާމާނު ރާއްޖެއަށް ހަދިޔާ ކޮށްފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް