ގޭގައި ހުރެގެން މަސައްކަތް ކުރުމުން ކުރިމަތިވާ ސިއްހީ މައްސަލަތައް!

ގޭގައި ހުރެގެން މަސައްކަތް ކުރުމަކީ ގިނަ ބަޔަކު އަބަދުވެސް ދެކެމުން އައި ހުވަފެނެކެވެ. އެކަން ހަގީގަތަކަށްވީ ކޯވިޑް-19 އާއި ގުޅިގެން ދުނިޔޭގެ ހުރިހާ ގައުމެއްހެން ލޮކްޑައުން ކުރުމުންނެވެ. އޮފީހަށް ދާން...

29 Sep 2020 | 05:47

ގޭގައި ހުރެގެން މަސައްކަތް ކުރުމަކީ ގިނަ ބަޔަކު އަބަދުވެސް ދެކެމުން އައި ހުވަފެނެކެވެ. އެކަން ހަގީގަތަކަށްވީ ކޯވިޑް-19 އާއި ގުޅިގެން ދުނިޔޭގެ ހުރިހާ ގައުމެއްހެން ލޮކްޑައުން ކުރުމުންނެވެ.

އޮފީހަށް ދާން ދަތުރު ކުރާކަށް ނުޖެހެ އެވެ. ބޮލުގައި ރިހުން އިތުރުވާޒާތުގެ އޮފީސް މީޓިންތަކަށް ހާޒިރުވާކަން ނުޖެހެ އެވެ. ދުނިޔޭގެ ހުރިހާ ގައުމުގެއްގައި ހެން މިދިޔަ ހައެއްގެ މަހަކީ ވަޒީފާ އަދާ ކުރާ މީހުންނަށް ވަރަށް ބޯހަމަޖެހިލައިގެން މަސައްކަތް ކުރަން ފުރުސަތު ލިބުނު ދުވަސްކޮޅެކެވެ.

އެކަމަކު ގޭގައި ތިބެގެން މަސައްކަތް ކުރުމަކީ ސިއްހީގޮތުން މައްސަލަތަކެއް ކުރިމަތިވާ ކަމެއްކަން މި ދުވަސްތަކުގެ ތެރޭގައި ކުރި ދިރާސާތަކުން ދައްކާފައިވެ އެވެ.

ގޭގައި މަސައްކަތް ކުރުމަކީ އެކަނިވެރިކަން އިހުސާސް ކުރެވޭ ކަމެކެވެ. އާންމު ދިރިއުޅުމުގައި އޮފީސް މާހައުލުގައި މީހުންނާއި ބައްދަލުވެ މުއާމަލާތް ކުރެވުމަކީ އެކަނިވެރިކަން ފިލާކަމަށް ވާއިރު ގޭގައި ހުރެގެން މަސައްކަތް ކުރަން ޖެހުމުން މައްސަލަތަކުގައި މަޝްވަރާ ކުރާނެ ނުވަތަ ހިޔާލު ބަދަލު ކުރާނެ މީހަކު ނުހުރެއެވެ.

އެހެންވުމުގެ ސަބަބުން ގިނަ މުވައްޒަފުން ދެރަވެ ފިކުރު ކުރުން އިތުރުވެ އެވެ.

ގޭގައި ހުރެގެން މަސައްކަތް ކުރުމަކީ ކިތަންމެ ކުރަން ބޭނުންވިޔަސް ގަވައިދުން ގަޑިން ގަޑިއަށް ކުރެވޭނެ ކަމެއް ނޫނެވެ. އެގޮތުން އޮފީސް ގަޑީގެ ގޮތުގައި ކަނޑައެޅިފައި އޮންނަ ފުރިހަމަ ވަގުތުގައި އޮފީހުގައި މަސައްކަތް ކުރާހެން ގިނަ މީހުންނަށް ގޭގައި މަސައްކަތެއް ނުކުރެ އެވެ.

އެއީ ގޭގައި މަސައްކަތް ކުރާއިރު ގޭތެރޭގައި ހިނގާ އެހެން ކަންކަމާއި މެދު ވިސްނާ ފިކުރު ކުރެވޭތީ އެވެ.

ގޭގައި ހުރެގެން މަސައްކަތް ކުރާ މީހުންނަށް ގިނަ އިރު އާއިލާ އާއި އެކު އުޅެން ޖެހުމާއި ކުދިން ގޮވައިގެން އުޅެން ޖެހުމުގެ ސަބަބުން ފައިސާގެ މައްސަލަތަކުގައި ދިމާވާ މައްސަލަތަކަށް މާބޮޑަށް ސަމާލުކަން ދެވެ އެވެ. އޭގެ ސަބަބުން މާބޮޑަށް ފިކުރު ކުރެވި ފޮނި އެއްޗެހި ކެއުމަށް ދެވިހިފައެވެ. އަދި ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ކަސްރަތު ކުރާކަށް ހަނދާނެއް ނުހުރެ އެވެ.

އެއްވެސް ވަރަކަށް ކަސްރަތު ނުކުރެވުމުން ސަބަބުން ބަރުދަން އިތުރުވެ، ހަށިގަނޑުގެ ދުޅަހެޔޮ ކަމަށް އިތުރު މައްސަލަތަކާއި ކުރިމަތިވެ އެވެ. ގޭގައި މަސައްކަތް ކުރާއިރު ގިނަ އިރު މަސައްކަތުގައި އިންނަން ޖެހެނީ ގޮނޑީގައި އެވެ. އޭގެ ސަބަބުން ކަށިތަކަށް ގެއްލުންވެ، މަސް ތަކަށް އުނދަގޫވެ އެވެ.

ގިނަ އިރު ކޮމްޕިއުޓަރުގެ ސްކްރީނަށް ބަލަން އިންނަން ޖެހުމަކީ ނިދުމުން މައްސަލަ ކުރިމަތިވާ ކަމެކެވެ. އެންމެ ރަނގަޅު ގޮތަކީ ނިދާ ގަޑީގެ ނުވަތަ ނިދަން ބޭނުންވާ ގަޑީގެ ދެ ގަޑިއިރު ކުރިން ކޮމްޕިއުޓަރު، ލެޕްޓޮޕް އަދި ފޯނަށް ބެލުން ހުއްޓާލުމެވެ. އަދި މަދުވެގެން ދުވާލަކު 7-8 ގަޑިރު ނިދުން ވަރަށް މުހިންމެވެ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް