ސުޝާންތު ސިންގް ރާޖްޕުޓުގެ މަރުގެ ހަގީގަތް ހޯދަން އޭނާގެ މެނޭޖަރު ދިޝާ ސައިލާންގެ ލޯބިވެރިޔާ ރޯހަން ރާއީ ހޯދުން މުހިންމު ކަމަށް ސުޝާންތުގެ އެކުވެރިއަކު ބުނެފި އެވެ.
ސުޝާންތު އަމިއްލަ އެޕާޓްމެންޓުގައި ދަންޖެހިގެން މަރުވެފައި ހުއްޓަ ފެނުނީ މިދިޔަ ޖޫން މަހުގެ 14 ވަނަ ދުވަހު އެވެ. ދިޝާ ދިރިއުޅޭ އިމާރާތުގެ 10 ވަނަ ފަންގިފިލާއިން ވެއްޓިގެން މަރުވީ އޭގެ ހަ ދުވަސް ކުރިން ކުރިންނެވެ.
ފުލުހުން ނިންމާފައިވަނީ ދިޝާ މަރުވީ އަމިއްލައަށް ފުންމާލައިގެން ކަމަށެވެ. އޭނާ ފުންމާލި އިރު އެ އެޕާޓްމެންޓު ތެރޭގައި ރޯހަން ހުރި ކަމަށާއި، އޭނާއަށް ދިޝާ މަރުގެ މައްސަލައިގަ ޝައްކު ކުރީ ވެއްޓިގެން ދިޝާ މަރުވިތާ 25 މިނެޓު ފަހުން ދިޝާ ވެއްޓުނުކަން އެނގިގެން ތިރިއަށް ފޭބުމުން ކަމަށް ރިޕޯޓުތައް ބުނެ އެވެ.
ދިޝާގެ މަރުގެ މައްސަލައިގަ ހައްޔަރު ކޮށްފާނެތީ އޭނާ ވަނީ މުމްބާއީން ފިލައިގެން ގޮސްފައި އެވެ. ރޯހަން ބުނީ ދިޝާގެ މަރާއި އޭނާ އާއި އެއްވެސް ގުޅުމެއް ނެތް ނަމަވެސް އެނބުރި މުމްބާއީއަށް ދާނީ އޭނާ ހައްޔަރު ނުކުރާނެ ކަމުގެ ޔަގީންކަން ފުލުހުން ދިނުމުން ކަމަށެވެ.
މި މައްސަލައިގަ އޭނާއަށް އިންޑިއާގެ ވެރިކަން ކުރާ ބީޖޭޕީގެ ސިޔާސި ލީޑަރެއްގެ އެއްބާރުލުން ލިބޭތީ ފުލުހުން ވަނީ ރޯހަންގެ މައްސަލަ ބެލުން ހުއްޓާލާފައި އެވެ. މައްސަލަ އޮބިފައިވަނިކޮށް ސުޝާންތުގެ އެކުވެރިއެއްކަމަށްވާ ޔުވްރާޖް ސިންގް ވަނީ ސުޝާންތުގެ މަރުގެ މައްސަލަ އާއި ރޯހަން އާއި ގުޅުން ހުރި ކަމަށް ތުހުމަތުކޮށްފައި އެވެ.
ޔުވްރާޖް ބުނީ ރޯހަން ހައްޔަރު ކޮށްދިނުމަށް ފުލުހުންގެ ކިބައިން ސުޝާންތުގެ ގާނޫނީ ވަކީލުން އެދެމުން ދާކަމަށެވެ. އެކަމަކު ފުލުހުން ރޯހަން ހައްޔަރު ކުރުމުގެ ބަދަލުގައި ސުޝާންތުގެ މަރުގެ ތަހުގީގުގެ އޮއްބާލައި މިސްރާބު ބަދަލު ކުރަމުންދާ ކަމަށެވެ. އޭނާ ބުނީ ރޯހަން ހައްޔަރުކޮށް ސުވާލު ކޮށްފި ނަމަ ކަން ހިނގާދިޔަ ގޮތް ރަނގަޅަށް ސާފުވާނެ ކަމަށެވެ.
އޭނާ ބުނީ ރޯހަން އާއި މަސްތުވާތަކެއްޗާއި ގުޅުން ހުރި ކަމަށެވެ. އަދި ސުޝާންތުގެ ފައިސާއިން ރޯހަން މެދުވެރިކޮށް މަސްތުވާތަކެއްޗަށް ބޮޑު ހޭދައެއް ކޮށްފައިވާކަން އެނގޭއިރު އެކަން ސުޝާންތުގެ އާއިލާއަށް އޭނާ ސިއްރުކޮށްފައިވާ ކަމަށެވެ. އަދި އެމީހުން ސުޝާންތު ގެންގުޅެފައިވާ އަދިރި ކަމެއްގެ ތެރޭގައި ކަމަށް ބުނެފައިވެ އެވެ.
ސުޝާންތުގެ ގާނޫނީ ވަކީލުން ބުނީ ސުޝާންތު މަރާލާފައިވަނީ ދުރާލާ ރާވައިގެން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް