ޓޯނީ ކުރޫޒް އަށް އަނިޔާވެ ކުޅުމާއި ދުރަށް!

ސްޕެއިންގެ ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ޖަރުމަންގެ ތަޖުރިބާކާރު މިޑްފީލްޑަރު ޓޯނީ ކުރޫޒް އަށް އަނިޔާވެ ކުޅުމާއި ދުރަށް ދާން ޖެހިއްޖެ އެވެ. އުމުރުން 30 އަހަރުގެ ކްރޫޒް އަށް އަނިޔާވީ ސްޕެނިޝް ލީގުގ...

29 Sep 2020 | 04:11

ސްޕެއިންގެ ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ޖަރުމަންގެ ތަޖުރިބާކާރު މިޑްފީލްޑަރު ޓޯނީ ކުރޫޒް އަށް އަނިޔާވެ ކުޅުމާއި ދުރަށް ދާން ޖެހިއްޖެ އެވެ.

އުމުރުން 30 އަހަރުގެ ކްރޫޒް އަށް އަނިޔާވީ ސްޕެނިޝް ލީގުގައި މިދިޔަ ހަފްތާ ބަންދުގައި ރެއަލް ބެޓިސް އާއި ދެކޮޅަށް ކުޅެ 2-3 އިން ރެއާލް މޮޅުވި މެޗުގައެވެ.

ކްރޫޒް އަށް އަނިޔާވީ މެޗުގެ ފުރަތަމަ ފާހުގެ ކުޅުން ނިމެން ދަނިކޮށެވެ. އަނިޔާވުމުގެ ސަބަބުން ކުރޫޒް ދަނޑުން ބޭލި އިރު އޭނާގެ ބަދަލުގައި ކުޅެން އެރީ ލުކަ މޮޑްރިޗް އެވެ.

"ކުރޫޒްގެ ވާތު ފޫކޮޅު މަސްގަނޑަށް އަނިޔާވެފައި ހުރީ. އެހެންކަމުން ޙާލަތު އެހާ ރަނގަޅެއް ނޫން. ޓެސްޓުތަލުން ދައްކާގޮތުގައި ބޮޑު  އަނިޔާއެއް ވެފަ ހުރީ. އެހެން ކަމުން ކުރޫޒް އަށް އެނބުރި އަލުން ކުޅުމުގެ ތެރެއަށް އާދެވޭނީ މަދުވެގެން ދެ ހަފްތާއެއް ހާ ދުވަސް  ފަހުން. އަދިވެސް އިތުރު ޓެސްޓުތަށް ހެދުމަށް ތައްޔާރުތައް އެބަ ވަން. އަހަރެމެންނަށް ލިބުނު ބޮޑު ގެއްލުމެއް މިއީ.  އަހަރެމެންނަށް ވަރަށް މުހިއްމު ކުޅުންތެރިއެއް ކުރޫޒް އަކީ" ނޫސްވެރިންނަށް މައުލޫމާތު ދެމުން ރެއާލް މެޑްރިޑްގެ ކޯޗު ޒައިނުއްދީން ޒިދާން ބުންޏެވެ.

ކުރޫޒް އަށް ކުރިމަތިވި މި އަނިޔާގެ ސަބަބުން އޭނާއަށް މުހިންމު ގިނަ މެޗުތަކެއް ގެއްލޭނެއެވެ . އެގޮތުން ލީގުގައި ރެއާލް އަމިއްލަ ރަށުގައި ރެއާލް ވަލަޑޮލިޑް އާއި ދެކޮޅަށް ކުޅޭ މެޗާއި ރަށުން ބޭރުގައި ލެވަންޓޭއާއި ދެކޮޅަށް ކުޅޭ މެޗުގައި އޭނާއަށް ނުކުޅެވޭނެއެވެ.

އަދި މީގެއިތުރުން ޖަރުމަން ގައުމީޓީމާއި އެކު އަންނަ އޮކްޓޫބަރ 7 ވަނަ ދުވަހު ތުރުކީއާ ދެކޮޅަށް ކުޅޭ އެކުވެރިކަމުގެ މެޗާއި އަންނަ ބްރޭކުގައި ނޭޝަންސް ލީގުގައި ސްވިޒަލެންޑް އަދި ޔޫކްރެއިން އާއި ދެކޮޅަށް ޖަރުމަން ކުޅޭ މެޗުތަކުގައި ވެސް ކުރޫޒް އަށް ނުކުޅެވޭނެއެވެ.

2014 ވަނަ އަހަރު ބަޔާން މިޔުނިކުން ރެއާލް މެޑްރިޑާއި ގުޅުނު ކުރޫޒް ވަނީ މިހާތަނަށް ރެއާލް އަށް ކުޅެދިން 189 މެޗުގައި 15 ގޯލު ކާމިޔާބު ކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް