ޕްރިމިއާ ލީގް: ފުލަމް ބަލިކޮށް އެސްޓަން ވިލާ ތާވަލުގެ ހަތަރުވަނައަށް ޖެހިލައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ފުލަމްއާއި ދެކޮޅަށް ކުޅުނު މެޗު ކާމިޔާބު ކޮށް ޕޮއިންޓު ތާވަލުގެ ހަތަރު ވަނައަށް އެސްޓަން ވިލާއިން ޖެހިލައިފިއެވެ. ރޭ ކުޅުނު މި މެޗުން ފުލަމްގެ މައްޗަށް އެސްޓަން ވިލާއިން...

29 Sep 2020 | 02:05

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ފުލަމްއާއި ދެކޮޅަށް ކުޅުނު މެޗު ކާމިޔާބު ކޮށް ޕޮއިންޓު ތާވަލުގެ ހަތަރު ވަނައަށް އެސްޓަން ވިލާއިން ޖެހިލައިފިއެވެ.

ރޭ ކުޅުނު މި މެޗުން ފުލަމްގެ މައްޗަށް އެސްޓަން ވިލާއިން ކުރި ހޯދާފައިވަނީ 0-3 ގެ ނަތީޖާއިންނެވެ.

ފުލަމްގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގައި އެޓީމުގެ ފަރާތުން ދައްކުޅުމެއް ފެނިގެން ދިޔައިރު، އެސްޓަންވިލާގެ ފަރާތުން ފެނިގެން ދިޔައީ ތަފާތު މޮޅު ކުޅުމެކެވެ. އެގޮތުން އެސްޓަން ވިލާއިން މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގިއިރު، މެޗުގެ 4 ވަނަ މިނެޓުގައި އެޓީމަށް މި ލަނޑު ޖަހައިދިނީ ޖެކް ގްރީލިޝްއެވެ. އެސްޓަން ވިލާއިން މެޗުގެ ފުރަތަމަ ހާފު ނިމުގެ ކުރިން އިތުރު ލަނޑެއް ޖަހާ ލީޑު ފުލާކުރިއިރު، މެޗުގެ 15 ވަނަ މިނެޓުގައި މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ކޯނޯ ހޮރިހާނޭއެވެ.

އެސްޓަން ވިލާއިން މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިންމާލީ ދެ ލަނޑުގެ ލީޑެއްގައި އޮވެގެންނެވެ.

މެޗުގެ ފަހު ހާފަށް ކުޅެން ނިކުމެވެސް އެސްޓަން ވިލާއިން ރަނގަޅު ކުޅުމެއް ދެއްކިއިރު، އެޓީމުގެ ތިންވަނަ ލަނޑު ކާމިޔާބު ކޮށް ލީޑު އިތުރަށް ފުޅާކުރީ ޓީރޯނީ މިންގްސް ކާމިޔާބު ކޮށްދިން ލަނޑުންނެވެ.

ރޭގެ މި މެޗުން މޮޅުވެ އެސްޓަން ވިލާއިން ތިން ޕޮއިންޓު ހޯދިއިރު، މިއީ ލީގުގައި އެޓީމުން ކުޅުނު ދެވަނަ މެޗެވެ. ދެމެޗުން ވެސް އެސްޓަން ވިލާ ވަނީ މޮޅުވެފައެވެ. އެގޮތުން ކުޅުނު ދެމެޗުން ލިބުނު ހަ ޕޮއިންޓާއި އެކު އެޓީމުން ވަނީ ޕޮއިންޓު ތާވަލުގެ ހަތަރު ވަނަ އަށް ޖެހިލާފައެވެ. އަދި މި މެޗުން އެސްޓަން ވިލާ އަތުން ބަލިވި ފުލަމް އަށް މިހާތަނަށް ތިން މެޗު ކުޅެފައިވާއިރު، އެއްވެސް މެޗަކުން މޮޅެއް ހޯދިފައެއް ނުވެއެވެ. ފުލަމް މިވަގުތު އޮތީ ޕޮއިންޓެއް ނުލިބި ޕޮއިންޓު ތާވަލުގެ އެންމެ ފުލުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް