އާލިއާ އަކީ ރަންބީރުގެ ލޯބިވެރިޔާގެ އިތުރުން އެއަށްވުރެ މަތީ ވެރިއެއް!

ބޮލީވުޑްގެ ދެ ލޯބިވެރިން ކަމަށްވާ ރަންބީރު ކަޕޫރާއި އާލިއާ ބަޓްގެ ގުޅުމަކީ ނޫސްވެރިން އަބަދު މިހާރު ފާރަލަމުން އަންނަ ގުޅުމެކެވެ. ދެމީހުންގެ އުޅުމާއި ދާ ތަންތަނާއި އެ ދެމީހުންގެ ހިޔާލު ހުރި ގޮތް ނޫސްވ...

29 Sep 2018 | 03:25

ބޮލީވުޑްގެ ދެ ލޯބިވެރިން ކަމަށްވާ ރަންބީރު ކަޕޫރާއި އާލިއާ ބަޓްގެ ގުޅުމަކީ ނޫސްވެރިން އަބަދު މިހާރު ފާރަލަމުން އަންނަ ގުޅުމެކެވެ.

ދެމީހުންގެ އުޅުމާއި ދާ ތަންތަނާއި އެ ދެމީހުންގެ ހިޔާލު ހުރި ގޮތް ނޫސްވެރިން ވަރަށް ގާތުން ބަލައެވެ. މިފަހަރު އާލިއާ އާއި ރަންބީރުގެ ގާތް މީހަކާއި ހަވާލާދީ ނޫސްތަކުގައި ވާގޮތުގައި އާލިއާ އަކީ ހަމައެކަނި ރަންބީރުގެ ލޯބިވެރިޔާއެއް ނޫންނެވެ. އިތުރު ވެރިއެއްވެސް މެއެވެ.

އާލިއާ ނުގަބޫލު އެއްޗެއް މިހާރު ރަންބީރަށް ކެއުން މަނަލެވެ. އާލިއާ ވަނީ ރަނގަޅު ސިއްހަތެއްގައި ރަންބީރު ބެހެއްޓުމަށް ޑައިޓް ޕެލޭނެއް ހަދާ ކޮޓަރީގައި ހިއްޕައިދީފަ އެވެ. ބޮލީވުޑްގައި އާލިއާ މަޝްހޫރުވެފައިވަނީ ހަށިގަނޑަށް ވަރަށް ބަލައިގެން ކާމީހެއްގެ ގޮތުގައި އެވެ.

އެހެންވެ އެ އުސޫލާއި އެއްގޮތަށް ރަންބީރު ބައްޓަން ކުރަން އާލިއާ ބޭނުންވަނީކަމަށް އެމީހާބުނެފައިވެ އެވެ. އަދި ރަންބީރަކީ ކުޑައިރު ފަލަކޮށް ހުރި ކުއްޖަކަށް ވާތީ އަނެއްކާވެސް ފަލަވެދާނެ ކަމުގެ ބިރު އެބައޮތް ކަމަށް އާލިއާ ދެކެއެވެ.

އެ ޕްލޭންގައި ވާގޮތުން ރަންބީރަށް މިހާރު ޖަންކް ފުޑް ކެއުން މަނަލެވެ. އެމީހާ އާއި ހަވާލާދީ ރިޕޯޓުތައް ބުނާގޮތުގައި ރަންބީރު ދަނީ އާލިއާގެ ޕްލޭން އާއި އެއްގޮތަށް ކެއުން ބައްޓަން ކުރަމުންނެވެ.

މި ދެ ތަރިން ދެން އެންމެ އަވަހަށް ފެންނާނީ "ބަރަހްމާސްޓްރާ" އިންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް