ލިބިވަޑައިގެންނެވި ނާކާމިޔާބީ ގަބޫލު ކުރަން ދަތިވެ ރައީސްގެ އެތައް ސުވާލެއް!

މިދިޔަ އާދިއްތަ ދުވަހު ބޭއްވި ރިޔާސީ އިންިހާބުގައި ނާކާމިޔާބީ އާއި ކުރިމަތިލައްވަން ޖެހުނު ސަބަބު ގަބޫލް ނުކުރެވި ރައީސް އަބްދުﷲ ޔާމީން އެތައް ސުވާލެއް ކުރައްވައިފި އެވެ. ޕީޕީއެމްގެ ހާއްސަ ކޮންގްރެސް ...

29 Sep 2018 | 02:57

މިދިޔަ އާދިއްތަ ދުވަހު ބޭއްވި ރިޔާސީ އިންިހާބުގައި ނާކާމިޔާބީ އާއި ކުރިމަތިލައްވަން ޖެހުނު ސަބަބު ގަބޫލް ނުކުރެވި ރައީސް އަބްދުﷲ ޔާމީން އެތައް ސުވާލެއް ކުރައްވައިފި އެވެ.

ޕީޕީއެމްގެ ހާއްސަ ކޮންގްރެސް ނިންމުމުގެ ގޮތުން ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނުގެ ފަސް އަހަރުގެ ވެރިކަމުގައި ގެނެސް ދެއްވި ތަރައްގީ އަށް ބަލައި ވޯޓު ލިބިވަޑައިނުގަންނަވާ ކަމަށާއި ވޯޓު ލިބިވަޑައިގަތީ "މުޅިން އެހެން ވިސްނުމެއްގައި" ކަމަށެވެ. އަދި ވިދާޅުވީ ރާއްޖެ އަށް ދިމާވެފައި ހުރީ ވަރަށް ބޮޑެތި މައްސަލަތަކެއް ކަމަށާއި އެ ކަންކަން ހައްލު ކޮށްދިނުމުން ރައްޔިތުން ހަމަޖެހިގެން އުޅޭނެ ކަމަށް އެމަނިކުފާނަށް ވިސްނިވަޑައިގެންނެވި ކަމަށެވެ.

ރައީސް ވިދާޅުވިގޮތުގައި، ރާއްޖޭގައި ކުރިން އުފެދިފައިވާ ބިރުވެރިކަން އެމަނިކުފާނުގެ ސަރުކާރުން ނައްތާލައި އަމާންކަން ގާއިމްކޮށް ބޮޑެތި ތަރައްގީ ތަކެއް ވަނީ ގެނެސްފަ އެވެ. އަދި ރައީސް ޔާމީން ވަނީ، ރައްޔިތުންނަށް ދިމާވެފައިވާ ބޮޑެތި މައްސަލަތަކަށް މި ސަރުކާރުން ހައްލު ހޯދައިދިން އިރު ސަރުކާރަށް ނޫނެކޭ ބުނީ ކީއްވެގެންތޯ ސުވާލު އުފައްދަވައިފަ އެވެ.

އެގޮތުން މާލޭ ރައްޔިތުންނަށް ހިދުމަތެއް ކޮށްދިނުމުގެ ގޮތުން ކުނި ގޮނޑު ނެގި ކަމަށާއި، ރާއްޖޭގެ ރައްޔިތުންގެ ތެރެއިން އެކި އުމުރުފުރާތަކުގެ މީހުންނަށް ބޭނުންވާނެ ކަންކަން ފުއްދައި ދީފައިވާނެ ކަމަށެވެ. އަދި ހުޅުމާލޭގެ ރައްޔިތުންނަށް ލުއި ފަސޭހަ ކޮށްދިނުމުގެ ގޮތުން އަޅައިދިން މާލެ- ހުޅުލެ ބްރިޖުގެ ސަބަބުން ރައްޔިތުން ރައީސް ޔާމީން ކޮށްދެއްވި ކަންކަން ގަބޫލު ކުރާނެ ކަމަށް އުންމީދު ކުރެއްވި ކަމަށެވެ.

"ހުޅުމާލޭގައި ދިރިއުޅުއްވާ ހުރިހާ ރައްޔިތުން، އަޅުގަނޑު ހިތަށް އެރީ އެބޭފުޅުންގެ ދަތުރުފަތުރު ފަސޭހަވުމާއި ދަތުރުފަތުރު އަމާން ވެގެން ދިޔައީމާ ހީކުރީ އެބޭފުޅުން ގަބޫލު ކުރައްވާނެއޭ ރައީސް ޔާމީން ކަންތައްތަކެއް ކޮށްދީފިއޭ. އެހެނެއް ނުވި ދެއްތޯ. އެހެންވީމާ ރައީސަކަށް ދެން އެހޭނީ ރައްޔިތުން ދެން ބޭނުންވަނީ ކޮން ކަމެއްތޯ؟ ރައްޔިތުން ބޭނުންވާ ކަންތައްތަކެއް އަޅުގަނޑަށް ކޮށްނުދެވިގެންނެއް ރައްޔިތުން އައްސަވާފައެއް ނެތެއް ނޫންތޯ،" ރޭގެ ޖަލްސާގައި ރައީސް ޔާމީން ވިދާޅުވި އެވެ.

އެމަކުފާނުގެ ވާހަކަފުޅުގައި ވަނީ ރިޔާސީ އިންތިހާބުން ބަލިވީ "ހައެއްކަ އިސް ފަރާތް ކުށްވެރިވެގެން ޖަލުގައި ތިބި ތިބުން ހެއްޔެވެ؟ އަޅުގަނޑުމެން ހިދުމަތް އެފަރާތަކަށް ޖައްސާލާފައި މިކަންކަމަށް ވޯޓް ދިނީ އެކަންކަމަށް އިސްކަން ދެވުނު ވަރު ބޮޑު ކަމުންތޯއެވެ." ސުވާލު ކުރައްވާފަ އެވެ. ރައީސް ވިދާޅުވީ އަދުލު އިންސާފު ހުރިހާ އެންމެންގެ މައްޗަށް ހިނގާނެ ކަމަށެވެ.

ރައީސް ވިދާޅުވީ ޕީޕީއެމް އަކީ ޕީޕީއެމް އަކީ އިސްލާމްދީން ނޫން އެހެން ދީނަކަށް ފުރުސަތު ނުދޭނަމޭ ބުނާ ޕާޓީ ކަމަށާއި ޕީޕީއެމް އަކީ ވަތަނީ ކަންކަމަށް އިސްކަންދޭ ޕާޓީ ކަމަށެވެ. އަދި ޕީޕީއެމް އަކީ ބޭރުގެ ނުފޫޒުތަކަށް ބޯނުލަނބާ ހުރިހާ ގިންތިއަކަށް ހުރިހާ އުމުރުފުރާއަކަށް ދިވެހި ހުރިހާ އުސޫލުތައް އަދި ތަހްޒީބީ މުޖުތަމައުގައި ހުރި އުސޫލުތައް ހިފަހައްޓާ ޕާޓީ ކަމަށެވެ. ނަމަވެސް މިހުރިހާ ކަމެއް އެއް ފަރާތަކަށް ޖައްސާލީތޯ ރައީސް ސުވާލު ކުރެއްވިއެވެ.

ރައީސް ވިދާޅުވީ ގައުމަށް ގެނެސްދެވި ތަރައްގީ އަށް ފަސްޖެހި ބަޔަކު ވޯޓް ދިނީ ކޮން ޖާދުލެއްގައި ކަން ގަބޫލު ކުރަން ދަތި ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް