ކުރުދީންގެ ނިންމުމަކީ އަސާސެއް ނެތް ނިންމުމެއް ކަމަށްބުނެ ތުރުކީ އާއި ރަޝިޔާ އެއް ގަލަކަށް

އިރާގުގެ ކުރުދީން އެގައުމުން ވަކިވެ ވަކި މިނިވަން ދައުލަތެއް ގާއިމް ކުރުމާއިމެދު މިދިޔަ ހޯމަ ދުވަހު ފެންނަ ނުފެންނަ ވޯޓެއް ނަގާފައިވާއިރު އަދި އެ ވޯޓުގައި ބޮޑު އަގުލަބިއްޔަތެއް އެގޮތަށް ފެންނަ ކަމަށް ...

28 Sep 2017 | 22:15

އިރާގުގެ ކުރުދީން އެގައުމުން ވަކިވެ ވަކި މިނިވަން ދައުލަތެއް ގާއިމް ކުރުމާއިމެދު މިދިޔަ ހޯމަ ދުވަހު ފެންނަ ނުފެންނަ ވޯޓެއް ނަގާފައިވާއިރު އަދި އެ ވޯޓުގައި ބޮޑު އަގުލަބިއްޔަތެއް އެގޮތަށް ފެންނަ ކަމަށް ނިންމާފައިވާއިރު ކުރުދީންގެ އެ ނިންމުމުގައި އެއްވެސް އަސާސެއް ނެތް ކަމަށް ތުރުކީގެ ރައީސް ތައްޔިޕް އެރްދޮޢާން އަދި ރަޝިޔާގެ ރައީސް ލަޑިމިއާ ޕޫޓިން ވިދާޅުވެއްޖެ އެވެ.

މި ދެބޭފުޅުން މިހެން ވިދާޅުވީ ތުރުކީގެ ވެރިރަށް އަންކާރާގައި މި ދެބޭފުޅުން އިއްޔެ ބައްދަލު ކުރައްވައި މަޝްވަރާ ކުރެއްވުމަށް ފަހުގަ އެވެ.

މި ބައްދަލުވުމަށްފަހު މި ދެބޭފުޅުންވެސް ވިދާޅުވެފައިވަނީ ކުރުދީންގެ ސަރުކާރުން އިތުރު ގޯސްތައް ހެދުން ހުއްޓުވަން ޖެހޭ ކަމަށެވެ.

ކުރުދީންގެ ނިންމުމާއިމެދު ފާޅުކަން ބޮޑު ގޮތެއްގައި މި ދެގައުމުން މިހެން ބުނެފައިވާއިރު އެ ވޯޓު ނެގުމުގެ ކުރިން ދުނިޔޭގެ ގިނަ ގައުމުތަކުންނާއި އދ އިންވެސް ވަނީ އެ ވޯޓު ނުނެގުމަށް ގޮވާލާފަ އެވެ. ނަމަވެސް ކުރުދީންގެ ލީޑަރު ބަރުޒާނީ ވަނީ އެ ގޮވާލުންތަކަށް ބީރު ކަންފަތެއް ދީފަ އެވެ. ބަރުޒާނީ ވިދާޅުވެފައިވަނީ ލައްކަ ދުވަހު ކުރުދީން ކެތް ކޮށްފި ކަމަށާއި ކުރުދީން ނިންމި ނިންމުމަކީ ކުރުދީންގެ މިނިވަންކަން ހޯދުމަށް ނިންމި ނިންމުމެއް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް