ސައިކަލު ބުރާއި ގުޅިގެން ޝުޖާއު ފުލުހަށް ހާޒިރުވާން އަންގައިފި

ސިޔާސީ އިދިކޮޅު ކޯލީޝަނުން އިއްޔެ މާލޭގައި ބޭއްވި ސައިކަލު ބުރުގައި، އެޗްޕީއޭގެ ގައިޑްލައިނާ ހިލާފުކަމަށް ފުލުހުން ބުނެފައިވާއިރު، އެ ކޯލީޝަންގައި ހިމެނޭ ޕީއެންސީގެ ނައިބުރައީސް އިބްރާހިމް ޝުޖާއު ފުލު...

29 Aug 2020 | 17:04

ސިޔާސީ އިދިކޮޅު ކޯލީޝަނުން އިއްޔެ މާލޭގައި ބޭއްވި ސައިކަލު ބުރުގައި، އެޗްޕީއޭގެ ގައިޑްލައިނާ ހިލާފުކަމަށް ފުލުހުން ބުނެފައިވާއިރު، އެ ކޯލީޝަންގައި ހިމެނޭ ޕީއެންސީގެ ނައިބުރައީސް އިބްރާހިމް ޝުޖާއު ފުލުހަށް ހާޒިރުވާން އަންގައިފިއެވެ.

ޝުޖާއު ފުލުހަށް ހާޒިރުވާން އަންގާފައިވަނީ މާދަމާ ރޭގެ 07:00 އަށެވެ. ޗިޓު މިހާރު ވަނީ ޝުޖާއުއާ ހަވާލުކޮށްފައެވެ

ފުލުހުން އިއްޔެ ބުނެފައިވަނީ އިއްޔެ ބޭއްވުނު ސިޔާސީ ހަރަކާތުގައި އެޗް.ޕީ.އޭގެ މިންގަނޑުތަކާއި އެއްގޮތަށް ގައިދުރުކަން ނުބަހައްޓާ ހަރަކާތްތެރިވުމާއި މާސްކު ނާޅާ އުޅެފައިވާކަން ފުލުހުންނަށް ފާހަގަކުރެވިފައިވާކަމަށާއި މިކަމާއި ގުޅިގެން މިސާރވިސްއިން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު އަޅަންޖެހޭ ފިޔަވަޅުތައް ފުލުހުން އަޅަމުން ގެންދާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް