ކޯވިޑު ފެތުރޭޓީ ބަހުރޭނުގައި އިއުލާނުކުރި ފުރަބަންދަށް ލުއިދިނުމުގެ މަރުހަލާގައި ހަމަ އެކަނި ފަތިސް ނަމާދު ކުރެވޭހެން، އެގައުމުގެ މިސްކިތްތައް ހުޅުވާލައިފިއެވެ.
އިއްޔެގެ ފަތިސް ނަމާދުން ބަހުރޭނު މިސްކިތްތައް ހުޅުވާލާފައިވާއިރު، މިސްކިތްތައް ހަމަ އެކަނި ފަތިސް ނަމާދަށް ހުޅުވާލީވެސް ވަރުގަދަ ފިޔަވަޅުތަކަކާއި އުސޫލުތަކަކާއެކުގައެވެ.
އެގޮތުން ނަމާދު ކުރާއިރު ތިބެން ޖެހެނީ ދުރުގައެވެ. ހުޅުވަނީ ބަންގި ގޮވުމުގެ 10 މިނެޓު ކުރިއަށެވެ. ޖަމާއަތު ނަމާދު ނިމޭތާ 10 މިނެޓު ފަހުން މިސްކިތްތައް ބަންދުކުރަން ޖެހެއެވެ.
މީގެ އިތުރުން ސުންނަތް ނަމާދުތައް ކުރަން ޖެހޭނީ ގޭގައި ކަމަށާއި ފަތިސް ނަމާދު ނިމުމުން ވަގުތުން ދާން ޖެހޭނެ ކަމުގައިވެސް އުސޫލުގައި ބުނެފައިވެއެވެ.
ކޯވިޑާއި ގުޅިގެން ބަހުރޭނުގެ މިސްކިތްތައް ބަންދުކުރީ މިދިޔަ މާރިޗުމަހުގެ 23 ވަނަ ދުވަހުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް