ކުޅުދުއްފުށި ސިޓީ އާއި ގދ. ތިނަދޫ މޮނީޓަރިން ހާލަތަށް

ކުޅުދުއްފުށި ސިޓީއާއި ގދ. ތިނަދޫ މޮނީޓަރިން ހާލަތަށް ގެންގޮސްފިއެވެ. ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ތަސްލީމާ އުސްމާން ވިދާޅުވީ ތިނަދޫ މޮނީޓަރިން ހާލަތަށް ގެންގޮސްފައިވަނީ މާލެ ދަތުރުކ...

29 Aug 2020 | 11:08

ކުޅުދުއްފުށި ސިޓީއާއި ގދ. ތިނަދޫ މޮނީޓަރިން ހާލަތަށް ގެންގޮސްފިއެވެ.

ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ތަސްލީމާ އުސްމާން ވިދާޅުވީ ތިނަދޫ މޮނީޓަރިން ހާލަތަށް ގެންގޮސްފައިވަނީ މާލެ ދަތުރުކުރާ ބޯޓެއްގައި އުޅޭ މީހަކު ޕޮޒިޓިވް ވުމުން ކަމަށެވެ.

އަދި ކުޅުދުއްފުށި ސިޓީ މޮނީޓަރިން ހާލަތަށް ގެންގޮސްފައިވަނީ ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުން އިއްޔެ މާލެއަށް ރިފަރ ކުރި މީހަކު ޕޮޒިޓިވް ވުމުން ކަމަށެވެ.

ކުޅުދުއްފުށި ސިޓީއާއި ގދ. ތިނަދޫ މޮނީޓަރިން ހާލަތަށް ގެންގޮސްފައިމިވަނީ ކޮންޓެކްޓް ޓްރޭސިންގެ ކަންތައް ނިމެންދެނެވެ. އެއަށްފަހު މޮނީޓަރިން އުވާލާނެއެވެ. އެޗްޕީއޭއިން އަމަލުކުރަމުން އަންނަ އުސޫލަކީ އެއީއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް