ޓޫރިސްޓުން ގެންދިއުމުގެ ހުއްދަ 95 ސަފާރީއަކަށް ދީފި

ރާއްޖޭގައި ހިންގާ ސަފާރީތަކުގެ ތެރެއިން 95 ސަފާރީ އަކަށް ޓޫރިސްޓުން ގެނައުމުގެ ހުއްދަ ދީފި އެވެ. ކޯވިޑް-19 އާއި ގުޅިގެން ރިސޯޓުތަކާއި ގެސްޓު ހައުސްތަކުގެ އިތުރުން ސަފާރީތަކަށް ޓޫރިސްޓުން ގެނައުން މަނާ...

29 Aug 2020 | 10:14

ރާއްޖޭގައި ހިންގާ ސަފާރީތަކުގެ ތެރެއިން 95 ސަފާރީ އަކަށް ޓޫރިސްޓުން ގެނައުމުގެ ހުއްދަ ދީފި އެވެ.

ކޯވިޑް-19 އާއި ގުޅިގެން ރިސޯޓުތަކާއި ގެސްޓު ހައުސްތަކުގެ އިތުރުން ސަފާރީތަކަށް ޓޫރިސްޓުން ގެނައުން މަނާ ކުރި އެވެ. އޭގެ ތިން މަސް ފަހުން ރިސޯޓުތަކާއި ސަފާރީތަކަށް ޓޫރިސްޓުންގެ ގެނައުމުގެ ހުއްދަ ދިނީ މިދިޔަ މަހުގެ 15 ވަނަ ދުވަހު އެވެ.

ރާއްޖޭގެ ބޯޑަރު ހުޅުވާލުމާއި އެކު ސަފާރީތަކަށް ޓޫރިސްޓުން ގެނައުމުގެ ހުއްދަ ދޭން ފެށީ ވަކި ހާއްސަ އުސޫލުތަކަކަށް އަމަލު ކުރާ ގޮތަށެވެ. އަދި އެޗްޕީއޭއިން ކަނޑައަޅައި ކަންކަން ސަފާރީތަކުގައި ފުރިހަމަ ކުރުމަށް ފަހު ހުއްދައަށް އެދި ޓޫރިޒަމް މިނިސްޓްރީގައި އެދެން ޖެހެ އެވެ.

ބޯޓިން އެސޯސިއޭޝަނުން ބުނީ އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް އަމަލު ކޮށްފަ އިންތިޒާމްތައް ހަމަޖައްސާފައި ވާތީ މިހާތަނަށް 95 ސަފާރީއަކަށް އޮޕަރޭޓް ކުރުމުގެ ހުއްދަ ދީފައވާ ކަމަށެވެ. އޭގެ ތެރޭގައި މިހާރު ހިދުމަތް ދޭން ފަށާފައިވާ ސަފާރީތަކާއި އަންނަ ސެޕްޓެމްބަރު އަދި އޮކްޓޯބަރު މަހު ހިދުމަތްދޭން ފަށާ ސަފާރީތައް ހިމެނެ އެވެ.

އެ އެސޯސިއޭޝަނުން ވަނީ ސަފާރީތަކަށް ފަތުރުވެރިން ގެނަ ނަމަވެސް ސަފާރީތަކުގައި ޗުއްޓީ ހޭދަކުރާ ފަތުރުވެރިންނާއި ސަފާރީތަކުގެ ކްރޫރިން މީހުން ދިރިއުޅޭ ރަށްރަށަށް ނުފޭބުމަށް އިލްތިމާސްކޮށްފައި އެވެ.

ސަފާރީތަކަށް ދާ ޓޫރިސްޓުން ރާއްޖެއިން ފުރުމުގެ ކުރިން ޕީސީއާރު ޓެސްޓު ހެދުމުގެ އިންތިޒާމް ހުޅުމާލޭގައި ހަމަޖައްސާފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް